ޢާންމު މަޢުލޫމާތު
ނަންބަރު: E10C-A/2023/3
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:32
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމާ ގުޅޭ

އާއިލާއަކީ މުޖުތަމައުގެ ތަބީޢީ އަދި އަސާސީ ބިންގާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައި ވީހިނދު، އާއިލާތައް ބިނާކުރުމާއި އާއިލާތައް ހިމާޔަތްކުރުމަށްޓަކައި އެހީތެރިވެދިނުމުގެ މަޤްސަދުގައި އަލަށް ކައިވެނި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން "ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް" އެއް ފެމިލީ ކޯޓުން ދަނީ ކުރިއަށް ގެންދަވަމުންނެވެ.

            މި ޕްރޮގްރާމަކީ، ކައިވެންޏާ ގުޅޭ ތަފްސީލީ މަޢުލޫމާތާއި، ޞިއްޙީ ގޮތުން އެނގެންޖެހޭ މުހިންމު މަޢުލޫމާތާއި، ކައިވެންޏަށްފަހު އިގްތިސާދީ އަދި އިޖުތިމާޢީ ހަޔާތް ބިނާކުރާނެ ގޮތުގެ މަޢުލޫމާތުގެ އިތުރުން އިސްލާމްދީނުގައި ކައިވެންޏަށް ދީފައިވާ އަހުމިއްޔަތުގެ މަޢުލޫމާތު ލިބޭ ޕްރޮގްރާމަކަށްވާތީ، މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް ކައިވެނިކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށްވެސް 15 މާރިޗު 2023 އިން ފެށިގެން މި ޕްރޮގްރާމްގައި ބައިވެރިވުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި ޕްރޮގްރާމާ ގުޅޭ މަޢުލޫމާތާއި، އެހީތެރިކަން ކޯޓުން ފޯރުކޮށްދެއްވަމުން ގެންދަވާނެއެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. މި އިޢުލާނާއި ގުޅިގެން މިކޯޓުގެ ނަންބަރު E10C-A/2020/02 (26 ފެބުރުވަރީ 2020) އިޢުލާނު ބާޠިލުވީކަމުގައި ދެންނެވީމެވެ.

08 މާރިޗު 2023