ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2023/68
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:16
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީގައި ސްޕޯޓްސް ކަލަންޑަރ އެކުލަވާލުމަށް ހަރަކާތްތަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލުން
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުޅުދުއްފުށީގައި 2023 ވަނަ އަހަރު ހިންގުމަށް ރޭވިފައިވާ ކުޅިވަރުގެ ހަރަކާތްތައް ހިމަނާ ސްޕޯޓްސް ކަލަންޑަރ އެއް އެކުލާވާލުމަށް ވަނީ ނިންމިފައެވެ.
އެހެންކަމުން ކުޅުދުއްފުށީގައި 2023 ވަނަ އަހަރު އެއްވެސް ކުޅިވަރުގެ ހަރަކާތެއް ބޭއްވުމަށް އެދޭނަމަ ތިރީގައިވާ ލިންކު މެދުވެރިކޮށް 18 މާރޗްގެ ކުރިން އެންގެވުން އެދެމެވެ.
https://forms.office.com/r/1YxA0LAW20
މިކަމާ ބެހޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ނަމަ ގުޅުއްވާނީ ރަސްމީގަޑީގައި 6527195 ނުވަތަ 6527131 އަށެވެ.
08 މާރިޗު 2023