ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)440-CO/440/2014/48
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 11 ޖަނަވަރީ 2015 15:00
ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

ޖީ.އެސް 3

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް (ފުވައްމުލަކު ދިގުވާނޑު ކައުންސިލްގެ އިދާރާ)

ވަޒީފާ އަދާކުރަންޖެހޭ ތަން: ފުވައްމުލަކު ދިގުވާނޑު ކައުންސިލްގެ ޕަބްލިކް ލައިބްރަރީ

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

ބޭނުންވާ އަދަދު:

 1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ފުވައްމުލަކު ޕަބްލިކް ލައިބްރަރީ ހުޅުވައި ލެއްޕުން.

- ޚިދުމަތް ހޯދާ ފަރާތްތަކަށް ޤަވާޢިދުން ފޮތްތައް ދޫކުރުމާއި، އަނބުރާ ގެންނަ ފޮތްތައް ބަލައިގަތުން.

- ލައިބްރަރީއަށް އަލަށް ލިބޭ ފޮތްތަކުގައި ނަންބަރު ޖެހުމާއި، ތައްގަނޑު ޖެހުން.

- ލައިބްރަރީގެ މެމްބަރޝިޕް ބެލެހެއްޓުން.

- ލައިބްރަރީން ގެންދާ ފޮތްތައް މުއްދަތުގެ ތެރޭގައި ނުގެނެސްފިނަމަ، އެފަރާތަށް ހަނދާންކޮށްދީ، ކައުންސިލްގެ އިދާރާއަށް ރިޕޯޓްކުރުން.

- ލައިބްރަރީއަށް ބަލައިގަންނަންޖެހޭ ފައިސާ ބަލައިގަނެ ކައުންސިލްގެ އިދާރާއާ ހަވާލުކުރުން.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ

ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަވިއުކުރުން މި އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި ފުވައްމުލަކު ދިގުވާނޑު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: އެޕްލިކޭޝަން ފޯމް ހުށަހަޅާނީ، 2015 ޖަނަވަރީ 11 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ފުވައްމުލަކު ދިގުވާނޑު ކައުންސިލްގެ އިދާރާއަށެވެ.

 އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ފުވައްމުލަކު ދިގުވާނޑު ކައުންސިލް އިދާރާއިން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ މިންގަނޑުތައް:

1- ތަޢުލީމާއި ތަމްރީން.

2- މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލް ސިފަތައް.

 އިތުރު މަޢުލޫމާތު:

 - ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް، އެޕްލިކޭޝަނާއެކު ހުށަހެޅި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު، އަނބުރާ ހަވާލުކުރެވޭނެއެވެ.

- ވަޒީފާގެ ރަސްމީ ގަޑިއަކީ، ހެނދުނު 11:00 އިން 18:00 އެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6860009 ނަންބަރު ފޯނާއެވެ.

3 ރަބީޢުލްއައްވަލް 1436

25 ޑިސެންބަރު 2014