ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272-CA/272/2023/22
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 12 މާރިޗު 2023 12:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިސަންސް ބުރުގައި ބައިވެރިވުމުގެ ފުރުޞަތު

ށ. އަތޮޅު ކައުންސިލާ، މިކައުންސިލް ގުޅިގެން ސީޒޯންގެ އެއްގަމާއި ކަނޑުގެ ލައިސަންސް ބުރެއް 15 މާރިޗު 2023 ވާ ބުދަ ދުވަހު ނޫމަރާގައި ބޭވުމަށް ވަނީ ހަމަޖެހިފައެވެ.  

މި ލައިސަންސް ބުރުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 12 މާރިޗު 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް ވަޑައިގެން ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ. މި ލައިސަންސް ބުރުގައި ސައިކަލު، ބަގީ، ޑިންގީ/ލޯންޗު އަދި ދޯނި ދުއްވުމުގެ ލައިސަންސް ވެސް ނެގޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. ނަން ނޯޓް ކުރައްވަން ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 މާރިޗު 2023