ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMPL/416/2023/25
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 10:40
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ ރަމަޟާން މަހުގައި މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޢާންމުކޮށް ހުޅުވާލުން

         އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް 1444 ވަނަ އަހަރު ރަމަޟާން މަހުގައިވެސް އާންމު ފަރާތްތަކުގެ ތެރެއިން މިސްކިތްތަކަށް އެހީފޯރުކޮށްދިނުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް، އެފުރުޞަތު ކައުންސިލުން މިވަނީ ހުޅުވާލާފައެވެ.

         އެހެންކަމުން މިފަދަ ފަރާތްތަކުން މިސްކިތްތަކަށް ފޯރުކޮށްދެއްވަން ބޭނުންވާ އެހީގެ ތަފްސީލް ލިޔުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

        ވީމާ، މިކަން އެންމެހާ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

07 މާރިޗު 2023