ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2023/15
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 22 މާރިޗު 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 6 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްގެ 6 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިރަށުގައި ދިރިއުޅޭ ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށްގެން ވަނީ ހުޅުވާލެވިފައެވެ.

އެހެންކަމުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 22 މާރިޗު 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތަކީ މިރަށުގައި ދިރިއުޅޭ ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށްގެން ބޭއްވޭ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެންދުނު 9:00 ފެށިގެން 14:00 އަށް މިއިދާރާއިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. 

މުބާރާތުގެ އުމުރުފުރާތަކާއި މުޤައްރަރު:

ހާފިޘުގެބައި

ނުބަލާ

ބަލައިގެން

އުމުރުފުރާ

#

ތިރިން

މަތިން

ތިރިން

މަތިން

މިއީ މުޅި ޤުރުޢާން ހިތުދަސް ދަރިވަރުންނަށް ޙާއްޞަ ކުރެވިފައިވާ ބައެކެވެ. މި ބައިގައިވެސް ކިޔަވަންޖެހޭނީ ތަޖްވީދުގެ ހަމަތަކާއި އެއްގޮތަވާ ގޮތުގެ މަތިންނެވެ.

ޟުޙާ އިން ތިރި

ސަފްޙާ 1-11

30 ވަނަ ފޮތް

1 ވަނަ ފޮތް

6 އަހަރުން ދަށް

1

30 ވަނަ ފޮތް

1 ވަނަ ފޮތް

ފަހު 3 ފޮތް

ފުރަތަމަ 3 ފޮތް

9 އަހަރުން ދަށް

2

ފަހު 2 ފޮތް

ފުރަތަމަ 2 ފޮތް

ފަހު 5 ފޮތް

ފުރަތަމަ 5 ފޮތް

12 އަހަރުން ދަށް

3

ފަހު 3 ފޮތް

ފުރަތަމަ 3 ފޮތް

ފަހު 7 ފޮތް

ފުރަތަމަ 7 ފޮތް

15 އަހަރުން ދަށް

4

ފަހު 4 ފޮތް

ފުރަތަމަ 4 ފޮތް

ފަހު 9 ފޮތް

ފުރަތަމަ 9 ފޮތް

18 އަހަރުން ދަށް

5

ފަހު 5 ފޮތް

ފުރަތަމަ 5 ފޮތް

ފަހު 15 ފޮތް

ފުރަތަމަ 15 ފޮތް

18 އަހަރުން މަތި

6

 

 

 

 

 

 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ

07 މާރިޗު 2023