ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/298/2023/24
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 19 މާރިޗު 2023 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

އިޢުލާން

ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

ތިރީގައި ވާ ސަރަހައްދުތަކުގައި  ހުރި ރުއްގަހުގެ ވެރިފަރާތެއް ވާނަމަ ކޯޓުގައި މިލްކު ސާބިތު ކޮށްފައިވާ ކަމުގެ ލިޔުން  2023 މާރިޗު 19 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އަލިފުށީ ކައުންސިލުގެ އިދާރާއަށް ހުށައެޅެއްވުމަށް ދަންނަވަމެވެ

  1. ގަބުރުސްތާނުގެ އިރުމަތީން، ދަރުމަވަންތަ މަގުގެ އުތުރުން ހަވީރީހިނގުން ހުޅަނގުން ޝަމްސުއްދީން މަގުގެ ދެކުނުން އޮތް ސަރަހައްދު
  2. ގޯނބިލިގެ ހުޅަނގުން ތަރަހަ މަގުގެ އުތުރުން ހުސްކޮން އޮތް ސަރަހައްދު (ބްލޮކް 86 )
  3. ދުނބުގަސްމަގުގެ އިރުމަތީން ، އަލިތަކުރުފާނުމަގު ގެ ދެކުނުން އޮތް ސަރަހައްދު (ބްލޮކް 97)
  4. ކަނބާއައިސާ ހިނގުމުގެ ހުޅަނގުން ، ސަހަރާ ގޯޅީގެ އުތުރުން ، ފްރީޑަމްގެ ދެކުނުން އޮތް ސަރަހައްދު.(ބްލޮކް 109)
  5. ފިނިރޯޅި ގޯތީގެ ހުޅަނގުން ، ވިލެޖް ގޯތީގެ ދެކުނުން، ކަނބާއައިސާ ހިނގުމުގެ އިރުން އޮތް ސަރަހައްދު. (ބްލޮކް 110)
  6. ބޮޑުތަކުރުފާނުމަގުގެ އުތުރުން ،  ހަވީރީހިނގުމުގެ އިރުމަތީ ހުސްކޮން އޮތް ސަރަހައްދު (ބޮލްކް 133)

އިޢުލާނުގައި ދެންނެވިފައިވާ ތާރީޚުގައި މިލްކު ސާބިތުކުރިކަމުގެ ލިޔުން ހުށައަޅުއްވާފައި ނުވާ ރުއްގަހަކީ ވެރިފަރާތެއް ނެތް ރުއްގަސްކަމުގައި ބެލެވޭނެއެވެ. އަދި ކައުންސިލް ބޭނުންވާ ގޮތެއްގެ މަތިން، މިސަރަހައްދު ތަކުގައި ހުރި ރުއްގަސްތަކަށް ޢަމަލު ކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

08 މާރިޗު 2023