ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)330-B/330/2023/13
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި: 15 މާރިޗު 2023 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
16 ސްޓޭޑިއަމް ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި އިދާރާއަށް 16 ސްޓޭޑިއަމް ލެޑް ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

         ވީމާ މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަނާ އެއްވަރުގެ 16 ސްޓޭޑިއަމް ލެޑް ލައިޓް ސަޕްލައިކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 13 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ބީލަމަށް ރަޖިސްޓްރީ ވުމަށްފަހު 15 މާރިޗު 2023 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބާއެކު ސަޕްލައިކޮށްދޭ ލައިޓް ހުރިހާ ފަރާތަކުން ފެންނަ ފޮޓޯ ހުށަހަޅަންވާނެއެވެ. ބީލަމަށް ރަޖިސްޓްރީވާން އެދޭ ފޯމާއި މަޢުލޫމާތު ކަރުދާސް އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ކަނޑައެޅިފައިވާ ސުންގަޑިއަށް މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާއަށެވެ.

07 މާރިޗު 2023