ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)419/419/2023/28
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 22:21
ސުންގަޑި: 15 މާރިޗު 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ވަނަ އަހަރަށް އެކުލަވާލާ ޕޫލަށް މީހުން ހޯދުން

އިޢުލާން

 މަޤާމު: އިމާމް  / މުދިމް  

ބޭނުންވާ އަދަދު: 10 (ދިހައެއް)

މަޤާމުގެ ގިންތި: ވޭޖް 

މަޤާމުގެ ރޭންކު: އެސް. އެސް. 1

މަގާމުގެ ކޮލެފިކޭޟަން : ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން: ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ  ކައުންސިލް އިދާރާ

މުސާރަ: މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް  53/- (ފަންސާސް ތިނެއް) ރުފިޔާ                                                                                                                                                                                                                                                                                                         

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހަވާލުވެހުރި މިސްކިތުގައި ފަސްވަގުތު ބަންގި ގޮވައި، އިމާމްވެ ފަސްވަގުތު ފަރުޟު ފަސް ނަމާދު ކުރުން.
  2. މަސައްކަތު މީހުންގެ ގޮތުގައި މިސްކިތުގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓުގެ ދަށުން މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ދުވަހުން ދުވަހަށް ސްޕަވައިޒްކޮށް ބެލެހެއްޓުން.
  3. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ކަރަންޓަށާއި، ސައުންޑް ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން މިނިސްޓްރީގެ / ކައުންސިލްގެ ކަމާބެހޭ ސެކްޝަނަށް އަންގައިގެން ހައްލުކުރުމުގެ މަސައްކަތް ކުރުން.
  4. އިމާމުވެ ކޭތަ ނަމާދު، ޢީދު ނަމާދު، ހުކުރު ނަމާދު، ކަށުނަމާދު އަދި ތަރާވީޙް ނަމާދު ކުރަންޖެހޭ ޙާލަތުގައި އެނަމާދުތައް ކުރުން.
  5. މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ދީނީ ޕްރޮގްރާމް ތަކަށް ބޭނުންވާ އެހީތެރިކަން ދިނުން.
  6. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ޗެކްކުރުމާއި މަރާމާތެއް ކުރަން ޖެހިފައިވާ ތަނެއް ހުރިތޯ ބަލައި ކަމާބެހޭ ފަރާތް ތަކަށް އެންގުން.
  7. މިސްކިތާއި މިސްކިތުގެ ގޯތި ތެރޭގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ނުވަތަ ކައުންސިލުގެ ހުއްދަ ނެތި އެއްވެސް ލިޔުމެއް ހަރު ކުރެވިފައި ވޭތޯ ބަލައި އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފާސްކޮށްފައި ނުވާ އެއްވެސް ފޮތެއް ނުވަތަ ލިޔުމެއް ހުރި ނަމަ އެކަން ކައުންސިލަށް އެންގުން.    

      

މަޤާމުގެ ޟަރުތުތައް:

   ލިޔަން ކިޔަން އެނގުން

ހުށަހަޅަންޖެހޭ ލިޔުންތަށް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް
  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކިގެ ކޮޕީ:

ވަޒީފާއަށް އެއްމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމް
  • ތަމްރީން
  • ލިބިފައިވާ މަސައްކަތު ދާއިރާގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި :

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 މާރޗް 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ގައްދޫ ކައުންސިލްގެ އިދާރާއަށެވެ.

                                                  05 މާރޗް  2023

05 މާރިޗު 2023