ތަމްރީނު
ނަންބަރު: SAM/CIR/2023/011
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 21:33
ސުންގަޑި: 14 މާރިޗު 2023 18:00
ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބޭސިކް ޔުނިޓް ލީޑާރސް ޓްރޭނިންގް ކޯސް ފެށުމާއި ގުޅޭ

މި އެސޯސިއޭޝަނުން މިއަހަރު ބެއްވުމަށް ހަމަޖެހިފައިވާ ބޭސިކް ޔުނިޓް ލީޑަރސް ޓްރޭނިންގް ކޯސް, 18 މާރިޗު 2023 ވާ ހޮނިހިރު ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައިއެވެ. މިކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހައިބްރިޑް މޮޑަލިޓީގައެވެ. އެގޮތުން އޮންލައިން އަދި ރެސިޑެންޝަލް ކޭމްޕް ހިމޭނޭހެން މިކޯސް ވަނީ ފަރުމާކުރެވިފައެވެ. މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ސްކައުޓް, ކަބް ސްކައުޓް އަދި ރޯވާ ސެކްޝަނަށް އެއް ކޯސް ގޮތުގައި އަދި ޕްރީކަބް ސެކްޝަނަށް ވަކި ކޯހެއްގެ ގޮތުގައިއެވެ.

 

މިކޯހުގެ ބައިވެރިވުމަށް އަލަށް ފަށާ ސްކައުޓް ގުރޫޕްތަކަށާއި ސްކައުޓް ލީޑަރުން ނެތް ރެޖިސްޓްރީ ކުރެވިގެން ހިންގާ ސްކައުޓް ގުރޫޕްތަކުގައި މަސައްކަތްކުރައްވާ ވޮލަންޓިއަރުންނަށައި އާންމުންގެ ތެރެއިން ސްކައުޓް ހަރަކާތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދައުވަތު އަރުވަމެވެ.

 

މިކޯހުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތައް މި އިއުލާނުގައިވާ އޮންލައިން އެޕްލިކޭޝަން ފޯރމް ފުރުއްވުން އެދެމެވެ. ކޯހަށް ފޯރމް ފުރުމުގެ އެންމެ ފަހު މުއްދަތަކީ މާރިޗު މަހުގެ 14 ވަނަ ދުވަހު 18:00 ކަމުގައި ދަންނަވަމެވެ. މި ކޯހާއި ގުޅޭ މައުލޫމާތު ކަރުދާހެއް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ކޯހައިގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިއެސޯސިއޭޝަނުގެ އެޑަލްޓް ސަޕޯޓް ކޮމިޝަނަރ މުހައްމަދު އަޒާން އަބްދުﷲ އާއި 7902326 ފޯނުން ގުޅުއްވުން އެދެމެވެ.

 

އޮންލައިން ފޯމްގެ ލިންކް: https://link.scout.mv/bultc23

07 މާރިޗު 2023