ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)285/285/2023/11
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 18:24
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަޙައްދަކަށް ގާކުނޑި އެޅުމާއި ގުޅޭ

އިޢުލާން

 ރަށުގެ ވަކި ސަރަޙައްދަކަށް ގާކުނޑި އެޅުމާއި ގުޅޭ

        ރަށުގެ އެކި ސަރަޙައްދުތަށް ސާފުކުރުމަށްފަހު ހުންނަ ގަލާއި، ކޮންކްރިޓްގަނޑު އަދި އިންފާރާއި އިމާރާތް ތެޅުމަށްފަހު އުފެދޭ ގަލާއި ގާކުނޑި އަދި ސިމެންތި ޓިނާއި ތަށިމުށި އެޅުމަށް ވަކި ޙާއްސަ ސަރަޙައްދެއް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. 

        ވީމާ، މިފަދަ ބާވަތުގެ ގާކުނޑި އަޅަން ބޭނުންވާ ފަރާތްތަކުން ރަށުގެ އިރުމަތި ފަރާތު ހިއްކި ސަރަޙައްދު ނިމޭ ހިސާބު ބޭރުތޮށި ކައިރިއަށް، މިހާރުވެސް ގަލާއި ގާކުނޑި އަޅާފައިވާ ސަރަޙައްދަށް ގެންދެވުން އެދެމެވެ. މި ސަރަޙައްދު ނޫން އެހެން ސަރަޙައްދަކަށް ގަލާއި ގާކުނޑި އެޅުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. 8 މާރިޗް 2023 ވާ ބުދަ ދުވަހުން ފެށިގެން ކުރިން ރަށުގެ ހޭރިފަށަށް އެޅިފައިވާ ގަލާއި ގާކުނޑިތަށް ނަގާ ސާފުކުރުމުގެ މަސައްކަތް މި ކައުންސިލުން ކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.

                         

                              14 ޝަޢުބާން 1444

                              06 މާރިޗް 2023 

 

07 މާރިޗު 2023