މުބާރާތް
ނަންބަރު: (IUL)330-B/330/2023/12
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި: 12 މާރިޗު 2023 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2023" ހިންގައިދޭނެ ފަރާތެއް ހޯދުން

މިހިނގާ 1444 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2023" ގެ ނަމުގައި 21 އޭޕްރީލް 2023 ވަނަ ދުވަހުން ފެށިގެން 29 އޭޕްރީލް 2023 އާ ދެމެދު ކާށިދޫ ކައުންސިލްގެ ފަރާތުން ނައިން އަ ސައިޑް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ހިންގުމަށް ހަމަޖެހިފައިވަނީ އައުޓްސޯސް ކޮށްގެންނެވެ.

         އެހެންކަމުން  "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2023" އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ވީމާ މި މުބާރާތް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، "ކާށިދޫ ކައުންސިލުން ބާއްވާ "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2023" އިންތިޒާމުކޮށް ހިންގުން އައުޓްސޯސްކުރުމާބެހޭ އުސޫލު"ގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މި އުޞޫލު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. މި މުބާރާތް ހިންގުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ކާށިދޫގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ދިވެހި ބަހުންނެވެ.

            ވީމާ މި މުބާރާތް އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 މާރިޗު 12 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

07 މާރިޗު 2023