ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2014/81
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 07 ޖަނަވަރީ 2015 15:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2014/81

ތާރީޚު: 24 ޑިސެންބަރު 2014

މަޤާމު

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް: އެލް.އެސް 2

އަދަދު

1

މަސައްކަތް ކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

މަހަކު -/9،412 ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %65

- ސަރވިސް އެލަވަންސް: މަހަކު -/3،000 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- ޝަރުޢީ ދާއިރާގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދިނުމާއި، ނޫސް ބަޔާންތައް ލިޔުން.

2- ޑިޕާޓްމަންޓް އޮފ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މަސައްކަތްތަކުގައި ބޭނުންވާ ޤާނޫނީ ލަފަޔާއި ޝަރުޢީ ލަފާ ދިނުން.

3- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މީޑިއާ އެންޑް ޕަބްލިކޭޝަންސް ސެކްޝަނުން ތައްޔާރުކޮށްގެން ހިންގާ ހޭލުންތެރިކުރުމުގެ އެކިއެކި ހަރަކާތްތަކާއި ޕްރޮގްރާމްތަކުގައި ޤާނޫނީ މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ކުރުން.

4- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކިއެކި ފަރާތްތަކާއެކު ވާ އެއްބަސްވުންތައް ތައްޔާރުކުރުމާއި، އެ އެއްބަސްވުންތައް ޗެކްކުރުމާއި، ޑިޕާޓްމަންޓުގެ ލީގަލް އެފެއާޒް ޑިވިޜަނުގެ ފަރާތުން އެ އެއްބަސްވުންތަކުގެ ޑިޕޮޒިޓަރީ ބެލެހެއްޓުން.

5- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޚަޞަމެއްގެގޮތުގައި ހިމެނޭ އެއްވެސް މައްސަލައެއް ދިވެހިރާއްޖޭގެ ޝަރްޢީ ކޯޓަކަށް ނުވަތަ ދިވެހިރާއްޖޭގެ ޓްރައިބިއުނަލަކަށް ހުށަހެޅި، އެފަދަ މައްސަލައެއް ކުރިޔަށްދާއިރު، އެ މައްސަލައިގައި ޑިޕާޓްމަންޓް ތަމްސީލުކޮށް، ޑިޕާޓްމަންޓުގެ ވަކީލެއްގެގޮތުން އަދާ ކުރާންޖެހޭ އެންމެހައި ޒިންމާތައް އަދާކުރުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

1- ޝަރީޢަތާއި ޤާނޫނު މި ދެ ދާއިރާ ޝާމިލުވާގޮތުގެމަތީން ޑިގްރީ ހާސިލުކޮށްފައިވުން.

2- ދިވެހިބަހުގެ އިތުރުން، ދިރާސާގެ ބޭނުމަށްޓަކައި އިނގިރޭސި ބަހާއި ޢަރަބި ބަހާއި ދެ ބަހުގެ ބެކްގްރައުންޑް ހުރުން.

3- ޝަރުޢީ ދާއިރާގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ހިއްސާކުރުމުގެ ޤާބިލްކަންހުރި، ކެރޭ ފަރާތެއްކަމުގައިވުން.

ސުންގަޑި

2015 ޖަނަވަރީ 7 ވާ ބުދަ ދުވަހުގެ 15:00 ގެކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

24 ޑިސެންބަރު 2014