ދިވެހިރާއްޖެ
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 3) |
ބޭނުންވާ އަދަދު: |
01 (އެކެއް) |
ސެކްޝަން: |
އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން |
ބޭސިކް މުސާރަ: |
މަހަކު -/4465 (ހަތަރުހާސް ހަސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
ސާރވިސް އެލަވަންސް: |
މަހަކު -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.) |
ލިވިންގ އެލަވަންސް: |
މަހަކު -/3000 (ތިންހާސް ރުފިޔާ) |
ޚާއްޞަ އެލަވަންސް: |
މުސާރައިގެ %45 |
ވަޒީފާގެ ބާވަތް: |
ކޮންޓްރެކްޓް (5 އަހަރުގެ މުއްދަތަށް) |
މަސައްކަތުގެ ވަގުތު: |
ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައި ވެސް މަސައްކަތް ކުރަންޖެހިއްޖެނަމަ މަސައްކަތް ކުރާ ގޮތަށް |
ފެންވަރު ނުވަތަ ޝަރުޠު: |
|
މަސްއޫލިއްޔަތު: |
- އިންތިޚާބުތަކުގެ ކަލަންޑަރު އެކުލަވާލުމުގެ އިދާރީ މަސައްކަތްތައް ކުރުން. - އިންތިޚާބާ ގުޅިގެން ކުރަންޖެހޭ އެއްގަމާއި، ކަނޑާއި ވައިގެ ދަތުރުފަތުރުތައް ހަމަޖެއްސުމަށްޓަކައި، ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި އެކަންކަން ބެލެހެއްޓުން. - ވޯޓުލާ ސަރަހައްދު ބައިކުރުމާއި، ސަރަހައްދުތަކުގެ ޗާޓު ތައްޔާރުކުރުމާއި، ވޯޓުފޮށި ބަހައްޓާނެ ޢަދަދާއި ވޯޓުފޮށި ބަހައްޓާނެ ތަންތަން ހަމަޖެއްސުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. - ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯމުތައް ބަލައިގަނެ، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ގުރުއަތު ނެގުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ކެންޑިޑޭޓުންގެ ނަންތައް އިޢުލާނުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. - ވޯޓުނެގުމަށް ބޭނުންވާ ލިޔެކިޔުންތައް ފަރުމާކޮށް، ތައްޔާރުކޮށް ވޯޓުނަގާ މަރުކަޒުތަކަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުން. - އިންތިޚާބުތަކާއި، ބައި-އލެކްޝަންތައް އަދި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގޭ ޢާންމު ވޯޓުތަކުގެ ރިޕޯޓް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ރިޕޯޓު ތައްޔާރުކުރުން. - ސެކްޝަންގެ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ. (ޖީ.ސީ.އީ އޭލެވެލް، ޖީ.ސީ.އީ އޯލެވެލް، އެސް.އެސް.ސީ، އަދި އެޗް.އެސް.އެސް.ސީ ސެޓުފިކެޓުތައް އެކްރެޑިޓް ކޮށް އެޓެސްޓު ކުރާކަށް ނުޖެހޭނެއެވެ.) - ދާއިރާގެ މަސައްކަތާ ގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. - އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭ ގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތު ތަޖުރިބާކަމުގައި ބަލާނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓު ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ.) - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
ނޯޓު: |
މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. |
ސުންގަޑި: |
މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ޖަނަވަރީ 2015 ވާ އަންގާރަދުވަހުގެ 15:00ގެ ކުރިން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. |
އިތުރު މަޢުލޫމާތު |
މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަންވާނެއެވެ. މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. |
02 ރަބީޢުލްއައްވަލް 1436