ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-M/322/2023/29
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:47
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަގޯތި އަމިއްލަ ކުރުމަށް އަގު ކަނޑައެޅުމާ ގުޅޭ

               ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކޮށް، ގަނެވިއްކުމުގެ ޤަވައިދަށް 30 އޮކްޓޯބަރ 2022 އިން ފެށިގެން ބަދަލު ގެނެވިފައިވާތީ، ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް އަގު ދެއްކުމަށް ކައުންސިލުގެ 04 ވަނަ ދައުރުގެ 94 ވަނަ ޢާއްމު ޖަލްސާއިން ނިންމާފައިވާ ގޮތް ތިރީގައި އެވަނީއެވެ.

v    އެއްފަހަރާ އަގު ދައްކާނަމަ އަކަފޫޓަކަށް -/25 ރުފިޔާ

v    ބަހައިލައިގެން އަގު ދައްކާނަމަ އަކަފޫޓަކަށް -/35 ރުފިޔާ

 

          ވީމާ،  މިކަން އެންގުމަށްޓަކައި އާއްމުކޮށް އިޢުލާން ކުރީމެވެ.

07 މާރިޗު 2023