ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)-FIS/2014/03
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:55
ސުންގަޑި: 04 ޖަނަވަރީ 2015 14:00
ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާޓް ޓައިމް ލެކްޗަރަރއިން ހޯދުމާބެހޭ

ޕާޓް ޓައިމް ލެކްޗަރަރއިން ހޯދުމާބެހޭ

      އިސްލާމިކް ސްޓަޑީޒްގެ ދާއިރާއާއި، އުނގަންނައިދިނުމުގެ ދާއިރާއާއި، އިންފޮމޭޝަން ޓެކްނޮލޮޖީއާއި، އިނގިރޭސި ބަހާއި، ޢަރަބި ބަހާއި، ކީރިތި ޤުރްއާން، ޕާޓް ޓައިމްކޮށް ކިޔަވައިދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން މި ފެކަލްޓީއަށް ބޭނުންވެއެވެ.

     ޕާޓް ޓައިމްކޮށް ކިޔަވައިދެއްވުމަށް އެދިވަޑައިގެން ހުށަހަޅުއްވާ ބޭފުޅުންގެ ތެރެއިން، ކުރިން މި ފެކަލްޓީގައި ކިޔަވައިދެއްވާފައިވާ ބޭފުޅުންނަށާއި، އެބޭފުޅުންގެ ކިޔަވައިދެއްވުން ރަނގަޅުކަމަށް ފާހަގަކުރެވިފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

     ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖަނަވަރީ 4 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދިވަޑައިގެން ހުށަހަޅުއްވާ ސިޓީއާއި، އައި.ޑީ ކާޑުގެ ކޮޕީއާއި، ލިބިވަޑައިގެންފައިވާ ތަޢުލީމީ ސެޓިފިކެޓްތަކާއި، ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ، މި ފެކަލްޓީގެ އިދާރީ ބަޔަށް ހުށަހެޅުއްވުން އެދެމެވެ.

                       3 ރަބީޢުލްއައްވަލް 1436

25 ޑިސެންބަރު 2014