ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)364-CAS/364/2023/18
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 09 މާރިޗު 2023 13:45
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މި ކައުންސިލުން ކޮށްފައިވާ ނަންބަރު (IUL)364-CAS/364/2023/13 އިއުލާން ބާޠިލްކޮށް ނަޞްރު މިސްކިތުގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ޢަދަދު

ތަފްޞީލް

06

މިސްކިތުގެ އެތެރޭގެ  ތަނބުތަކުގައި ކުރީމް ކުލައިގެ ދަވާދުލުން

13

ދޮރާއި ދޮރުފަތުގައި ދެފެށުން ފެހި ދަވާދުލުން (02 ބޮޑު ދޮރާއި 11 ކުޑަ ދޮރުސެޓް)

202

ފޫޓް ބޯޑަރުގައި އަޅިކުލަލުން (ބޯޑަރުގައި އަޅިކުލަ ލެވިފައިވާބައިގައި)

02

ފެންވަޅުގެ މަތިގަޑުހަރުކުރުމަށް އައު އެލްމިނިއަމް ފަތިގަޑެއް އަޅާ އެސް.އެސް. ހުޅު ހަރުކުރުން.

01

މިސްކިތުގެ އެތެރޭގައި ވަރުނީސްލާފައިވާ އެންމެހާ ތަންތަން ހިލަކަރުދާސް އަޅާ ސާފުކުރުމަށްފަހު ކްލިއަރ ވަރުނީސްލުން.

01

ސީލިންގުން ކުލަފޮޅިފަ ހުރި ތަންތަނުން ކުލަ ކަހާ ސާފުކުރުމަށް ފަހު ހުދު ކުލަލުން(ސީލިންގ ބޮޑުމިން 2340 އަކަފޫޓް)

01

މިސްކިތުގެ ހުރިހާ ނަލަފިލައެއްގައި ފެހި ދަވާދުލުން

07

ދިޔަދޮވި ހޮޅީގައި ހުދުކުލަ ލުން

18

ސީލިންގ މައުންޓް 18 ވޯޓްގެ ރައުންޑް ލެޑްލައިޓްހަރުކުރުން (މިހާރު ހުރި ލައިޓްތައް ނެގުމަށްފަހު، އައުލައިޓަކަށް ބޭނުންކުރަންވާނީ ލިޕަރ ބްރޭންޑް ނުވަތަ އެއާ އެއްފެންވަރެއްގެ ލައިޓެކެވެ.)

04

ދަނގަޑު ހޮޅީގައި ފެހިދަވާދުލުން

މި މަސައްކަތްކުރުމަށް ކައުންސިލުން ދިނުމަށްހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް ތިރީގައި އެވަނީއެވެ. މީގެ އިތުރުން ބޭނުންވާތަކެތި ހޯދަންވާނީ މަސައްކަތާއި ހަވާލުވާ ފަރާތުންނެވެ.

-          އިންފާރުގެ ބޯޑަރުގައި ލުމަށް 10 ލީޓަރު – އަޅިކުލަ

-          ދޮރާއި ދޮރުފަތްތަކުގައި ލުމަށް 8 ލީޓަރު – ފެހި ދަވާދު

-          ސީލިންގ ގައި ލުމަށް 30 ލީޓަރު – ހުދު ކުލަ.

-          މިސްކިތުގެ އެތެރެ ތަނބުތަކުގައި ލުމަށް 8 ލިޓަރ ދަވާދު ކުރީމްކުލަ

 

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 މާރިޗު 09 ވާ ބުރާސްފަތި ދުވަހުގެ 13:45 ށް މިއިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުގައި މަސައްކަތްކޮށްދެވޭނެ މުއްދަތު ޖެހިފައިނުވާނަމަ އެ އަންދާސީ ހިސާބެއް ބާޠިލްކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބާއި އެކު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

07 މާރިޗު 2023