ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2023/29
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 16 މާރިޗު 2023 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

           ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސާ، ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ހިންމަފުށީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް 26 މާރޗް 2023 ން 28 މާރޗް 2023 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

           ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 08 މާރޗް 2023 ން ފެށިގެން 16 މާރޗް 2023 ގެ 14:00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްގެ އިދާރާއިންނާއި ހިންމަފުށީ ސްކޫލުންނާއި ހިންމަފުށީ ޕްރީސްކޫލުންނެވެ. އަދި މި އިޢުލާނުގެ ގެޒެޓް ލިންކުން ޑައުންލޯޑް ކުރެވޭނެ އެވެ.

މިމުބާރާތުގެ ޚާއްޞަ ވަނަތަކަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

  • މުޅިމުބާރާތުން 1 ވަނަ އަށް ޢުމްރާ ދަތުރު
  • މުޅިމުބާރާތުން 2 ވަނަ އަށް -/12000ރ ( ބާރަހާސް ރުފިޔާ )
  • މުޅިމުބާރާތުން 3 ވަނަ އަށް -/7000ރ ( ހަތްހާސް ރުފިޔާ )

           މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއެކު ޢާއްމުކުރީމެވެ.

          މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 މާރިޗު 2023