ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2023/54
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 13 މާރިޗު 2023 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

އިޢުލާނު

 

 

މަޤާމު:

ޑިރެކްޓަރ

 

މަޤާމުގެ ނަންބަރު:

343082 ޖޭ

 

ބޭނުންވާ އަދަދު:

01 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކު:

އީއެކްސް 1

 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / ފައިނޭންސިއަލް ސަރވިސް ޑިޕާޓްމަންޓް، ފައިނޭންސް ޑިވިޜަން، ކަލެކްޝަން އެންޑް ޕޭމަންޓް ސެކްޝަން / މާލެ

 

މުސާރަ:

-/8835 ރުފިޔާ (މަހަކު)

 

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ (މަހަކު)

 

އެހެނިހެން އެލަވަންސް:

ޓެކްނިކަލް ކޯ އެލަވަންސް: -/2473.8ރުފިޔާ (މަހަކު) މުސާރައިގެ %28 (މި އެލަވަންސް ލިބިލައްވާނީ މިދާއިރާގެ ކޯ ސެޓްފިކެޓަށް ވާނަމައެވެ.)

ޓެކްނިކަލް ކޯ އެލަވަންސް ލިބޭ ދާއިރާގެ ސެޓްފިކެޓެއް ނޫންނަމަ ލިބިލައްވާނީ ސަޕޯޓިންގ ކޯ އެލަވަންސް ކަމަށްވާ -/1100 ރުފިޔާ (މަހަކު) އެވެ.

ރިސްކް އެލަވަންސް: -/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހޮސްޕިޓަލުގެ އާމްދަނީ އިތުރު ކުރުމަށް ކުރެވޭނެ ކަންތައްތައް ބަލައި ދިރާސާ ކުރުމަށްފަހު، މެނޭޖްމަންޓަށް ހުށަހެޅުން.
  2. އާމްދަނީގެ ގޮތުގައި ހޮސްޕިޓަލަށްލިބޭ ފައިސާ ހަމައަށް ލިބޭތޯޔަގީން ކުރުން.
  3. ސެކްޝަންއާއި ގުޅުންހުރި ހުރިހާ މަސައްކަތެއް ދިވެހިރާއްޖޭގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރުމަށް މަސައްކަތްތައް ވިލަރެސްކުރުން.
  4. ޤާނޫނާއި، ޤަވާއިދު، އުސޫލުތަކާއި އެއްގޮތަށް ސެކްޝަންގެ މަސައްކަތްތައްރާވައި ހިންގައި ބެލެހެއްޓުން.
  5. ޝެކްޝަނުން ތައްޔާރު ކުރަންޖެހޭ ލިޔެކިޔުންތަކާއި ރިޕޯޓްތައް ފައިނަލްކުރުމާއި ފައިލިންގް ސިސްޓަމް ހަރުދަނާކޮށް ބެލެހެއްޓުން.
  6. އަހަރީ އޮޑިޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުވާ އޮޑިޓްމަސައްކަތަށް ބޭނުންވާ އެހީތެރިކަންދިނުން.
  7. މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ހޮސްޕިޓަލުގައި ހެދިފައިވާ ފައިސާއާ ގުޅުންހުރި ކޮމިޓީތަކުގައި ބައިވެރިވުމާއި ބެނުންވާ މައުލޫމާތު ފޯރުކޮށްދިނުން.
  8. މާލިއްޔަތު ޤާނޫނުގައިވާ ގޮތުގެމަތިން ސެކްޝަނުން ތައްޔާރު ކުރަންޖެހޭ ރިޕޯޓްތައް ފައިނަލްކުރުމުގައި އިސްވެރިންނާއިއެކު އެމަސައްކަތްކުރުން.
  9. ސެކްޝަންގެ މުވައްޒަފުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ބަލާ ސްޕަވައިޒްކޮށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުން.
  10. ހޮސްޕިޓަލުންދެވޭ ހުރިހާ ޚިދުމަތްތަކަށް ނަގާ ފައިސާ ޤަވާޢިދުން ޖަމާކުރުމަށްބޭނުންވާ އުސޫލުތައް ކަނޑައަޅާ އެމަސައްކަތް ވިލަރެސްކުރުން.
  11. އާމްދަނީ ފައިސާއާއިބެހޭ ލިޔެކިޔުންތަކާއި ބިލްތައް ރައްކާތެރިކޮށް ފައިލްކުރާނޭ އިންތިޒާމް ހަމަޖައްސާ އެމަސައްކަތް ވިލަރެސްކުރުން.
  12. އާމްދަނީ ފައިސާގެ ތިޖޫރީ ސަރުކާރުގެ ޤަވާއިދުތަކާ އެއްގޮތަށް ބަލަހައްޓާ ތިޖޫރީ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ފޮނުވަމުން ގެނދާނޭގޮތުގެ އުސޫލުތައް ކަނޑާއަޅާ އެމަސައްކަތް ވިލަރެސްކުރުން.
  13. ޚިދުމަތްތަކަށްނެގޭ ފައިސާއެއް ރިފަންޑް ކޮއްދޭން ޖެހިއްޖެ ހާލަތެއްގައި ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ރިފަންޑްކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
  14. ވެލްފެއަރގެ ޚިދުމަތާއި އިންޝުއަރެންސް ޚިދުމަތާއި ގުޅިގެން ދިމާވާދަތިތައް ހައްލު ކޮއްދިނުން.
  15. ކްރެޑިޓަށް ޚިދުމަތް ދެވޭ ފަރާތްތަކުން ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާ އެމަސައްކަތް ވިލަރެސްކުރުން.
  16. އަލަށް ފަށާ ސަރވިސްތަކުގެ ކޮސްޓިންގ އިންފޮމޭޝަން ފޯމް ލިބުމުން އަގު ތައްޔާރުކުރުން.
  17.  ހޮސްޕިޓަލުންދޭ ސަރވިސް ލިސްޓްތައް އަދާހަމަކޮށް އެރިކޯޑްތައް ގަވާއިދުން ބެލެހެއްޓުމުގެ މަސައްކަތްކުރުން

 

މަޤާމުގެ ޝަރުޠުތައް:

 

މަގާމަށް ކަނޑައަޅާފައިވާ ޝަރުތު:

  1. އެކައުންޓިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ  ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެކައުންޓިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަގާމުގެ ތައުލީމީ ރޮނގުތައް:

އެކައުންޓިންގ

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ފައިނޭންސް

 މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:

ނެތް

 

މަގާމުގެ ކޯ ޑިސިޕްލިން:

އެކައުންޓިންގ

ފައިނޭންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް :

އެކައުންޓިންގ

ފައިނޭންސް

(ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ / ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓްދެވޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ http://igmh.gov.mv ވެބްސައިޓުންނާއި  އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
  2. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން / ލައިސަންސްގެ ކޮޕީ

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އެމް.އެސް.3 ން ފެށިގެން އީ.އެކްސް. 5 އާ ދެމެދުގެ ކްރައިޓީރިއާ

އަސާސީ ޝަރުތު ހަމަވުމުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 މާރިޗް 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އީ-މެއިލް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

 

އިންޓަރވިއުއާއި އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނީ،  14 މާރިޗް 2023 ން 10 އޭޕްރީލް 2023  އާ ދެމެދު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.   

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

       

15 ޝައުބާން 1444

7 މާރިޗް 2023

07 މާރިޗު 2023