ބީލަން
ނަންބަރު: (IUL)213-PR/213/2023/23
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 08:54
ސުންގަޑި: 12 މާރިޗު 2023 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކުގެ ކެމްޕަސްތަކުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެއްޖެ (މޯލްޑިވްސް ޕޮލިޓެކްނިކްގެ މާލެ ކެމްޕަސް،ގ.އ ވިލިގިލީ ކެމްޕަސް އަދި ސ. ހިތަދޫ ކެމްޕަސް)

މި އިޢުލާންވަނީ 07 މާރިޗު 2023 09:00 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

މޯލްޑިވްސް ޕޮލިޓެކްނިކުގެ ކެމްޕަސްތަކުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެއްޖެ (މޯލްޑިވްސް ޕޮލިޓެކްނިކްގެ މާލެ ކެމްޕަސް،ގ.އ ވިލިގިލީ ކެމްޕަސް އަދި ސ. ހިތަދޫ ކެމްޕަސް)

މޯލްޑިވްސް ޕޮލިޓެކްނިކްގެ މާލެ ކެމްޕަސް،ގ.އ ވިލިގިލީ ކެމްޕަސް، އަދި ސ. ހިތަދޫ ކެމްޕަހުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ. މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 12މާރިޗް 2023ވާ އާދިއްތަ ދުވަހުގެ 14.00 ކުރީން މިއިދާރާއަށް ވަޑައިގެން ނުވަތަ، [email protected] އީމެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 13 މާރިޗް 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ބީލަން ހުށައެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 20 މާރޗް  2023 ވާ ހޯމަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 45 ދުވަސް އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ބީލަން ހުށަހަޅުއްވާ އިރު ބިޑުގެ ސޮފްޓް ކޮޕީއެއް ހުށަހަޅުއްވަންވާނެވެ. (ސީ.ޑީ/ޕެންޑުރައިވް) އަދި ބީލަމުގެ ޖަދުވަލު 1ގައިވާ ހުރިހާ ލިޔުންތައް ފުރިހަމަ ކޮށްފައިހުންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 މާރޗް 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން  [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ 3305420 އާއި ގުޅުއްވުން އެދެމެވެ.

07 މާރިޗު 2023