ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު: (IUL)356/356/2023/13 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިނުވާތީ އެއިޢުލާނު ބާތިލްކޮށް،މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު މަސްޖިދުއް ނަޞްރު، މަސްޖިދުލް އިޙްސާން ، މަސްޖިދުލް ތަޢާވުން މި ތިން މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެ މަތިން ބީލަންފޮތް ގަތުމަށްފަހު ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަން ފޮތެއްގެ އަގަކީ -/500ރ (ފަސް ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.
| 
 ތަފްސީލް  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 ބީލަންފޮތް ވިއްކުން  | 
 06/03/2023 އިން 13/03/2023 އަށް  | 
 ބަންދު ނޫން ކޮންމެ ދުވަހެއްގެ  | 
 08:30 އިން 12:30 އަށް  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 13/03/2023  | 
 ހޯމަ  | 
 13:00  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 19/03/2023  | 
 އާދީއްތަ  | 
 13:00  | 
ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ފޮތް ގަތުމަށް ހުޅުވާލާފައިވާ ސުންގަޑީގެ ކުރިން ބީލަންފޮތް ގަނެފައިވާފަރާތްތަކަށް އެކަންޏެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އދ.މާމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ލައްވާފަރާތް ތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 2023 މާރިޗް 13 ވަނަ ދުވަހު އެވެ.