މަސައްކަތް
ނަންބަރު: 116-FB2/IL/2023/52
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 16:11
ސުންގަޑި: 13 މާރިޗު 2023 10:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްގެ ޑިއުޓީ ފްރީ ފިހާރަތަކަށް ކަނޑުމަގުން ގެންނަ މުދާ ކްލިއަރކޮށް އެއަރޕޯޓްގައި ހުންނަ ގުދަނަށް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެމް.އޭ.ސީ.އެލްގެ ޑިއުޓީ ފްރީ ފިހާރަތަކަށް ކަނޑުމަގުން ގެންނަ މުދާ ކްލިއަރކޮށް އެއަރޕޯޓްގައި ހުންނަ ގުދަނަށް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމާއިބެހޭ

    މި ކުންފުނިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި ހިންގަމުން އަންނަ ޑިއުޓީ ފްރީ ފިހާރަތަކުގައި ވިއްކުމަށް ރާއްޖެއިން ބޭރުން ކަނޑުމަގުން ގެންނަ މުދާ ކްލިއަރކޮށް އެއަރޕޯރޓްގައި ހުންނަ ގުދަނަށް ފޯރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

    މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 މާރިޗު 13 ވާ ހޯމަދުވަހުގެ ހެދުނު 10:30 ގެ ކުރިން، ސިޓީ، ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށްޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

    ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2023 މާރިޗު 20 ވާ ހޯމަދުވަހުގެ ހެދުނު 10:30 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 މާރިޗު 20 ވާ ހޯމަދުވަހުގެ ހެދުނު 10:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

    ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

06 މާރިޗު 2023