ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްއިން ދޭ ޑިޒައިނަކާއި އެއްގޮތަށް މި ކައުންސިލްގެ ޖަލްސާތައް ބޭއްވޭ ގޮތަށް "އިވެންޓް ހޯލް" އެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2023/44 (16 ފެބުރުވަރީ 2023) އިޢުލާނުގައި އަންދާސީހިސާބު ހުށަހެޅުމަށް ދެވިފައިވާ ތާރީޚު ތިރީގައިވާ ތާވަލާއި އެއްގޮތަށް ބަދަލު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިމަސައްކަތަށް އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަހުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން ބިޑް ޑްހުށަހެޅުމަށް ދަންނަވަމެވެ.
އަގު ހުށަހެޅުން |
16 މާރިޗު 2023 |
11:00 |
ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް |
މަތީގައި ދަންނަވާފައިވާ ގަޑީގައި ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
- ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު:
- މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ) ފޯން: 3025487 / އީމެއިލް: [email protected]