ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2023/10
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 22 މާރިޗު 2023 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނައަހަރު ރަމަޟާންމަހު މި ކައުންސިލްއިން ބާއްވާ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅޭ

މި އިޢުލާންވަނީ 09 މާރިޗު 2023 14:43 ގައި ބާތިލް ކުރެވިފައެވެ.


  އެހެން އަހަރުތަކާއި އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހުގެ ތެރޭގައިވެސް ޤުރްއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަށް މިކައުންސިލްއިން މިގެންދަނީ މަސައްކަތްކުރަމުންނެވެ. މި މުބާރާތުގައި ބައިވެރި ވެވޭނީ ބަނޑިދޫގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ އިތުރުން، ބަނޑިދޫގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކާއި އަދި ބަނޑިދޫ ރައްޔިތަކާއި ކައިވެނިކޮށްގެން އުޅުއްވާ ފަރާތްތަކަށެވެ. އަދި މީގެ އިތުރުން ބަނޑިދޫގައި ތައުލީމް ހާޞިލް ކުރަމުން ގެންދާ ފަރާތްތަކަށްވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ 

މި މުބާރާތް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕެވެ. މި މުބާރާތުގެ އުމުރުފުރާތަކުގައި ކިޔަވަންޖެހޭ މިންވަރު (މުގައްރަރު) ތިރީގައި އެވަނީއެވެ.

މިމުބާރާތުގެ އުމުރުފުރާތަކުގައި ކިޔަވަން ޖެހޭ މިންވަރު ( މުޤައްރަރު )

ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮފި:

#

އުމުރުފުރާ

ބަލައިގެން

ނުބަލާ

މަތިން

ތިރިން

މަތިން

ތިރިން

1

6 އަހަރުން ދަށް

1 ވަނަ ފޮތުގެ ½

30 ވަނަ ފޮތުގެ ½

ޞަފްޙާ 1 - 6

ޤާރިއާއިން ތިރި

2

9 އަހަރުން ދަށް

ފުރަތަމަ 2 ފޮތް

ފަހު 2 ފޮތް

1 ވަނަ ފޮތުގެ ½

30 ވަނަ ފޮތުގެ ½

3

12 އަހަރުން ދަށް

ފުރަތަމަ 5 ފޮތް

ފަހު 5 ފޮތް

ފުރަތަމަ 2 ފޮތް

ފަހު 2 ފޮތް

4

15 އަހަރުން ދަށް

ފުރަތަމަ 7 ފޮތް

ފަހު 7 ފޮތް

ފުރަތަމަ 3 ފޮތް

ފަހު 3 ފޮތް

5

18 އަހަރުން ދަށް

ފުރަތަމަ 9 ފޮތް

ފަހު 9 ފޮތް

ފުރަތަމަ 4 ފޮތް

ފަހު 4 ފޮތް

6

18 އަހަރުން މަތި

ފުރަތަމަ 15 ފޮތް

ފަހު 15 ފޮތް

ފުރަތަމަ 5 ފޮތް

ފަހު 5 ފޮތް

  • އުމުރު ބަލާނީ 1 ޖެނުއަރީ 2023 އަށް ފުރޭ އަހަރަށެވެ.
  • ވީމާ، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ނަންގަވައި ފުރުއްވުމަށް ފަހު 22 މާރޗް 2023 ވާ ބުދަ ދުވަހު 14.00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.        

    މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ

06 މާރިޗު 2023