ބީލަން
ނަންބަރު: (IUL)373-PP/INDIV/2023/26
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 12 މާރިޗު 2023 13:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ފ. ދަރަނބޫދޫގައި ސައި ހޮޓާ /ރެސްޓޯރަންޓެއް ހިމެނޭގޮތުން ވިޔަފާރިކުރުމަށް ބިން ދޫކުރުން

ފ. ދަރަނބޫދޫ ދިލްބަހާރު ހިނގުމުގެ އިރުން، ފ. ދަރަނބޫދޫ ޞިއްޙީ މަރުކަޒުގެ އުތުރުން މޫދާއި ވީ ފަރާތުގައި ސައިހޮޓާ / ރެސްޓޯރަންޓް ހެދުމަށް ބިމުގެ ޕްލޭނުގައި ހިމެނިފައިވާ ސަރަޙައްދުގައި 15 އަހަރު ދުވަހުގެމުއްދަތައް ހޮޓާ / ރެސްޓޯރަންޓް ހިންގުމަށް 2000 އަކަފޫޓްގެ ބިމެއް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2023 މާރިޗް 12ވަނަ ދުވަހުގެ 13:00އަށް މި ކައުންސިލަށް ވަޑައިގެން، މަޢްލޫމާތު ސާފުކުރެއްވުމަށްފަހު، 2023 މާރިޗް 20ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުން ތައްޔާރުކޮށްފައިވާ ނަމޫނާއާއި އެއްގޮތަށް ވިޔަފާރި ޕްލޭން ހުށަހެޅުއްވުމަށް ހުޅުވާލައި އެކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާނު ކުރީމެވެ.

ވިޔަފާރި ޕްލޭންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި މި ކައުންސިލަށެވެ. އަދި ހުށަހަޅުއްވާ ކޮންމެ ފަރާތަކަށް ހުށަހެޅޭނީ 01 (އެކެއް) ވިޔަފާރި ޕްލޭން އެވެ.

މަޢްލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ވިޔަފާރި ޕްލޭނާއި، ކައުންސިލުން ވިއްކާ ފޯމު ފިޔަވައި އެހެން ފޯމެއްގައި ހުށަހަޅާ ވިޔަފާރީގެ ޕްލޭން ބަލައެއް ނުގަނެވޭނެއެވެ. އަދި  ކައުންސިލުން ތައްޔާރުކޮށްފައިވާ ނަމޫނާއާއި އެއްގޮތަށް ހުށަހަޅާފައި ނުވާ ވިޔަފާރި ޕްލޭން ތަކާއި، މަޢްލޫމާތު ފުރިހަމަ ނުވާ ޕްލޭންތައް ބާޠިލުވާނެ ވާހަކަ ދަންނަވަމެވެ.

ސައި ހޮޓާ /ރެސްޓޯރަންޓެއް ހިމެނޭގޮތުން ވިޔަފާރިކުރުމަށް ބިން ހޯދުމަށް އެދި ހުށަހަޅަންޖެހޭ ވިޔަފާރި ޕްލޭން ހުށަހަޅާ ފޯމެއްގެ އަގަކީ -/100ރ. (ސަތޭކަ ރުފިޔާ) އެވެ. ފޯމު ގަތުމަށް ދައްކާ ފައިސާއަކީ ރީފަންޑު ކުރެވޭނެ ފައިސާއެއް ނޫނެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޝަޢުބާން 1444

06 މާރިޗު 2023