މަސައްކަތް
ނަންބަރު: (IUL)310-CA/310/2023/13
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 16 މާރިޗު 2023 11:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން މުނިސިޕަލް މަސައްކަތްތައް ސްޕަވައިޒްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

ކޮންޓްރެކްޓް އުޞޫލުން މުނިސިޕަލް މަސައްކަތްތައް ސްޕަވައިޒްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށް ފަރާތެއް ހޮވާނީ ބިޑު އުޞޫލުން މި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ހުށަހަޅާ ބިޑްތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން މާރކްސް ލިބޭ ފަރާތަށެވެ.

މަސްޢޫލިއްޔަތުތައް:

1-      ކައުންސިލް އިދާރާއިން ބަލަހައްޓަންޖެހޭ ސަރަހައްދުތަކުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށްޓަކައި ކައުންސިލުން ސާފުކޮށް ބަލަހައްޓަންޖެހޭ ބިންތަކާއި ރަށުގެ ގޮނޑުދޮށްތަކާއި އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހައި ސާފުކުރޭތޯ ބެލުމާއި، މަސައްކަތް މޮނިޓަރކޮށް ކޮންމެ ހަފްތާއަކު ވެސް ހަމަޖެހިފައިވާ އުސޫލުން މުނިސިޕަލް ސަރވިސް ސެކްޝަންއަށް ރިޕޯރޓުކުރުން.

2-      ބޯޅަދަނޑުތަކާއި ކުޅިވަރުކުޅޭ ތަންތަނާއި ޕާރކްތަކާއި ރަށުގެ ހިތްފަސޭހަ މައިޒާންތައް ބެލެހެއްޓުމާއި މި ތަންތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި ވިނަދިގުވިޔަނުދިނުމަށް މަސައްކަތު މުވައްޒަފުން ލައްވައި ވިނަކޮށުވައި ސާފުކުރުވުން.

3-      ރަށުގެ މަގުމަތީގައި ހުއްދަނެތި ތަކެތި ބަހައްޓާފައިވޭތޯ ޗެކްކުރުމާއި، މަގުގައި ހިނގައިބިނގައި ނޫޅެވޭނެހެން މަގު ބަންދުވެފައިވޭތޯ ބަލައި މަގުމަތީގެ ޤަވާއިދުތަކާ ޚިލާފުވާނަމަ ފިޔަވަޅުއެޅުމަށް ސެކްޝަނަށް ރިޕޯރޓުކުރުން.

4-       މަގުމައްޗަށް ވެއްޓިފައި ހުންނަ ގަސްތައް ނެގުވުމާއި ހިނގައި މީހުންނާއި ދުއްވާތަކެއްޗަށް ދަތިވާގޮތަށް މަގުމައްޗަށް ވާގޮތަށް ހުންނަ ގަސްތަކުގެ ގޮފިތަކާއި ރުއްރުކުގެ ފަންތައް ކެނޑުވުމާއި އަދި އެންގުމަށް ޢަމަލުނުކުރާނަމަ ފިޔަވަޅު އެޅުމަށް މުނިސިޕަލް ސާރވިސް ސެކްޝަންއަށް ރިޕޯޓްކުރުން.

5-      ރަށުގެ ބަނދަރު ބޭނުންކުރުމުގައި ޤަވާއިދާއި ޚިލާފަށް ޢަމަލުކުރޭތޯ ބަލައި، އަދި ބަނދަރުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ހަމަޖެހިފައިވާ އުސޫލުން އެކަމެއް ހުއްޓުވުމަށް މަސައްކަތް ކުރުމާއި ދިމާވާ މައްސަލަތައް ކޮންމެ ހަފްތާއަކު މުނިސިޕަލް ސެކްޝަންއަށް ރިޕޯރޓްކުރުން.

6-      ރަށުތެރޭގެ ޢާއްމު ޙާލަތު ޤަވާއިދުން ޗެކްކުރުމާއި ގައު އަތުރާފައިވާ މަގުތަކުގައި އެއްވެސް މަރާމާތެއް ކުރަންޖެހޭތޯ ޗެކްކުރުމާއި މަރާމާތެއްކުރަންޖެހޭނަމަ، އެކަން މުނިސިޕަލް ސާރވިސް ސެކްޝަނަށް ލަސްނުކޮށް އެންގުމާއި ކައުންސިލުން އަންގާ ގޮތުގެ މަތިން މަގު ބެލެހެއްޓުމާއި މަގު މަރާމާތުކުރުމުގެ ކަންކަން ކުރުވައި ސެކްޝަނަށް ރިޕޯޓްކުރުން.

7-      ގޭބިސީތަކުން ޤަވާއިދުން ކުނިނަގަމުންދޭތޯ ބެލުމާއި، ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ކަންކަން ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ދޭތޯ ސްޕަވައިޒްކޮށް ކުނި މެނޭޖްކުރުމުގައި ހުރި ދަތިތައް ވިލަރެސްކޮށް ސެކްޝަނަށް ރިޕޯޓްކުރުން.

8-      ކުނިކޮށިން ގޭޓްފީ ނެގުވުން

9-      މަގުބައްތި މަރާމާތުކުރުވުމާއި ބެލެހެއްޓުން، އަދި ސެކްޝަނަށް އަންގަމުން ދިއުން

10-  ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާއި ރަށު ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކަށް އެއްބާރުލުންދީ، މަސައްކަތްތައް ހިނގަމުންދާގޮތް ބަލައި ސެކްޝަނަށް ރިޕޯރޓްކުރުން

11-  ކައުންސިލްއިން އެކި މަސައްކަތްތަކަށް ނަގާފައިވާ މަސައްކަތު މުވައްޒަފުންގެ ޙާޟިރީ އެކުލަވާލުމާއި، ކޮންމެ ހަފްތާއަކުވެސް ކަނޑައަޅާ ވަކި ދުވަހެއްގައި ކައުންސިލް އިދާރާއަށް ހާޟިރީ ހުށަހެޅުން.

12-  މަސައްކަތު މުވައްޒަފުން ގަޑިއަށް ޙާޟިރުވޭތޯއާއި މަސައްކަތުގެ ގަޑިތައް ހޭދަކުރަނީ ރަނގަޅުގޮތުގައިތޯ ބެލުމާއި މުވައްޒަފުންގެ އަޚްލާޤާއި ސުލޫކީ މިންގަނޑުތައް ހިފަހައްޓާތޯ ބަލައި، ފިޔަވަޅު އަޅަންޖެހޭނަމަ އެކަން ސެކްޝަނުގެ ސަމާލުކަމަށް ގެނައުން.

13-  ހުއްދައެއް ނެތި (މަގުކޮނުމާއި، ޙަރަކާތްތައް ހިންގުމާއި، އާންމު އުނދަގޫވާ ފަދަ އަޑުތައް އިއްވުމާއި، ގޭގެ އިންފާރު ރޭނުމަށް ޕޭވްމަންޓް ގައުތައް ނެގުމާއި، ނެޓްވޯކް ހޮޅިތެރެއިން ކޭބަލް ވެއްދުން ފަދަ ކަންކަމަށް) މަގު ބޭނުންކުރާނަމަ އެކަން ހުއްޓުވައި މުނިސިޕަލް ޔުނިޓަށް ރިޕޯޓްކުރުން.

14-  ހުއްދަ ނެތި ރަށުގެ އިޖްތިމާޢީ ސަރަޙައްދުތަކާއި ބީޗްތަކުގައި ޙަރަކާތްތައް ހިންގާނަމަ އެކަމެއް ހުއްޓުވައި މުނިސިޕަލް ޔުނިޓަށް ރިޕޯޓްކުރުން.

15-  ގައުކުނޑިއާއި އެހެނިހެން ކުނިބުނި ކަނޑައެޅިފައިވާ ސަރަޙައްދު ނޫން އެހެން ސަރަޙައްދުތަކަށް އަޅާނަމަ އެކަމެއް ހުއްޓުވުން.

16-  ޤަވާޢިދާއި ޚިލާފަށް ޢިމާރާތްކުރުމުގެ މަސައްކަތް ކުރާ ފަރާތްތައް ބަލައި ރިޕޯޓްކުރުން.

17-  ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާނަމަ އެކަމެއް ހުއްޓުވައި، ރިޕޯޓްކުރުން.

18-   މީސްމީހުންގެ އަމިއްލަ ގެދޮރު ފިޔަވާ ރަށުގެ ހޭޅިފަށުގެ އެކިހިސާބުތަކުގައި ހުއްދައެއް ނެތި ލަކުޑިއާއި ދަރާއި ފަން ބަހައްޓައި ބޭނުންކުރާނަމަ އެކަމެއް ހުއްޓުވާ ރިޕޯޓްކުރުން.

19-  ރަށުގެ ހޭޅިގައި ހެދިފައިހުންނަ ރުއްގަސް ކަނޑާ ހަދާނަމަ އެކަމެއް ހުއްޓުވާ ރިޕޯޓްކުރުން.

20-  އަމިއްލަ ގެދޮރު ނޫން އެހެން ތަންތަނުގައި ހުއްދައެއް ނެތި ރުއްގަސް އިންދާ ނަމަ އެކަމެއް ހުއްޓުވުން.

21-  ކުނިކޮށި ނޫން އެހެން ތަންތަނާއި އަމިއްލަ ގެދޮރުގައި ކުނި އަންދާ ހަދާނަމަ އެކަން ހުއްޓުވުން.

22-   ރަށުގެ ވަށައިގެން ކަނޑައެޅިފައިވާ ސަރަޙައްދުތައް ނޫން އެހެން ތަންތަނަށް އުޅަނދުފަހަރު އެހެލާ ބޭނުންކުރާ ފަރާތްތައް ހުއްޓުވާ  ރިޕޯޓްކުރުން.

23-  މަސައްކަތުގައި ބޭނުންކުރާ ވެހިކަލްތައް ސާފުކޮށް ބަލަހައްޓާތޯ ޗެކްކުރުމާއި ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ސެކްޝަނަށް ރިޕޯޓުކުރުން.

24-  ރަށުގެ އިޙްތިޞާސްގެ ތެރޭގައި ކުރާ ވިޔަފާރިތައް ހިންގުމުގައި ތަބާވާންޖެހޭކަމަށް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފުވާ ކަންކަން ބަލާ އެކަންކަން ކައުންސިލަށް ރިޕޯޓްކުރުން.

25-  ކައުންސިލް އިދާރާއިން ކަނޑައަޅައި އުސޫލެއްގެ މަތިން ރަށުތެރޭގެ ޙާލަތު ސެކްޝަންއަށް ޤަވާއިދުން ރިޕޯޓްކުރަމުން ގެންދިއުން.

26-  ޤުދުރަތީ ޙާދިޘާއެއް މެދުވެރިގެން ކައުންސިލުން އަންގާ އެންގުންތަކަށް އިޖާބަދިނުން.

27-  މިނޫންވެސް ކައުންސިލް އިދާރާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ރަށްވެހި ޚިދުމަތްތައް ވިލަރެސްކުރުމާއި އާއްމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތަކަށް ހައްލުހޯދައި ދިނުމާއި އަދި މިފަދަ ޝަކުވާތައް ސެކްޝަނަށް ރިޕޯރޓްކުރުން. އަދި ރަށްވެހި ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅިގެން ކައުންސިލުން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން

 

ސުންގަޑި

ހުށަހަޅާފައިވާ އަގު 35%

މަސައްކަތު ތަޖުރިބާ %30

މަސައްކަތް ކުރުމުގެ ޤާބިލްކަން %35

 މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 މާރޗް 09 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2023 މާރޗް 16 ވާ ބުރާސްފަތި ދުވަހު 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު [email protected]  އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.    

 

06 މާރިޗު 2023