ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ޖަރުމަނު ވިލާތުގެ ބާރލިންގގައި އޮންނަ އައި.ޓީ.ބީ ފެއަރ 2015 އަދި 2016ގައި، ރާއްޖޭގެ ސްޓޭންޑްގައި ދިވެހި އަތްތެރި މަސައްކަތް އަދި ލިޔެލާޖެހުމުގެ ހުނަރު ދައްކުވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި ކޯޕަރޭޝަންގެ އިޢުލާން ނަންބަރު IUL)MMPRC-HAS/1/2014/60) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 11:00އަށް ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަކަށްފަހު 12 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކޯޕަރޭޝަނަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
03 ރަބީޢުލްއައްވަލް 1436