ދިވެހިރާއްޖެ
2023 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުމާގުޅޭ:
މިސްކޫލްގެ ނަންބަރ (IUL)GS-67/2023/001 އާއި ގުޅިގެން ސްކޫލް ސްކިއުރިޓި ބެލެހެއްޓުމަށް ހުށައެޅި ފަރާތް ތަކުގެ އަގުތައް ބޮޑުވުމާއި ގުޅިގެން އެއިޢުލާން ބާތިލް ކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 މާރޗް 2023 ވާ ހޯމަ ދުވަހުގެ 11:30ގެ ކުރިން އެޓޭޗްކުރެވިފައިވާ ލިންކް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރި ވާ ހުރިހާ ފަރާތްތަކަށްވެސް ބިޑް ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. ރެޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.
- ރަޖިސްޓްރީ ވާ ފަރާތުގެ ނަން:
- ރެޖިސްޓްރީ ނަންބަރ
- އީ މެއިލް އަދި ގުޅޭނެ ފޯން ނަންބަރ
މި ބިޑާ ގުޅޭ މައުލޫމާތު ޝެޝަން އޮންނާނީ 13 މާރޗް 2023 ވާ ހޯމަ ދުވަހުގެ 12:00ގައި ކެނދިކުޅުދޫ ސްކޫލްގައެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައި ނުގެންކަމުގައިވިޔަސް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 16 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެ 11:30ގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި ކެނދިކުޅުދޫ ސްކޫލްގައެވެ. ކަނޑައެޅިފައިވާ ތާރީޚް ގެ ކުރިން ރެޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 12:00 އަށް 6560546 ނަންބަރު ފޯނާއެވެ.