މަސައްކަތް
ނަންބަރު: (IUL)459-A/1/2014/1031
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 05 ޖަނަވަރީ 2015 11:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކަރަންޓް މަރާމާތު ކުރުމަށް

މިމިނިސްޓްރީ ހިންގަމުންގެންދާ ޢިމާރާތް ހުރަވީ ބިލްޑިންގގެ ގްރައުންޑް ފްލޯ އަދި ފަރސްޓް ފްލޯގެ ކަރަންޓް މަރާމާތު ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ޖަނަވަރީ 2015 ގައި 11:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޖަނަވަރީ 2015ގައި 11:00އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

03 ރަބީޢުލްއައްވަލް 1436

25 ޑިސެންބަރު 2014