ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2023/66
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 10:46
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިނާމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލުން

          ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ'' ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1444'' 2023 އޭޕްރީލް 05،04،03 ގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

          ވީމާ މުބާރާތުގެ ވަނަތަކަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވައިލަމެވެ.  މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައި ވަނީ ތިރީގައިވާ ވަނަތަކެވެ.

1 - މުޅި މުބާރާތުން 3،2،1 ވަނަ ދަރިވަރު

2 - މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 3،2،1 ވަނަ

3 - މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 3،2،1 ވަނަ

4 - ފައުންޑޭޝަން ސްޓޭޖް، ބަލައިގެން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން 3،2،1 ވަނަ

5 - ކީ ސްޓޭޖް 1 ބަލައިގެން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން 3،2،1 ވަނަ

6 - ކީ ސްޓޭޖް 2 ބަލައިގެން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން 3،2،1 ވަނަ

7 - ކީ ސްޓޭޖް 3 ބަލައިގެން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން 3،2،1 ވަނަ

8 - ކީ ސްޓޭޖް 4 ބަލައިގެން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން 3،2،1 ވަނަ

9 - ކީ ސްޓޭޖް 5 / 18 އަހަރުން ދަށް ބަލައިގެން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން 3،2،1 ވަނަ

10 - 18 އަހަރުން މަތި ބަލައިގެން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން 3،2،1 ވަނަ (ޔުނިވަރސިޓީ ކޮލެޖް ފަދަ ސެންޓަރުތަކުން)

11 - ޙާފިޡުންގެ ބައިން 3،2،1 ވަނަ

12 - މުޅި މުބާރާތުން އެންމެ މޮޅު 10 ދަރިވަރުން

                        ވީމާ މިމުބާރާތަށް އިނާމް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 26 މާރިޗު 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން އޮންލައިން ފޯމް މެދުވެރިކޮށް މަޢުލޫމާތު ހުށަހެޅުއްވުން އެދެމެވެ. ފޯމްގެ ލިންކް http://kulhudhuffushicity.gov.mv/ihf

                        އިނާމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527174 ނުވަތަ 6528831 އަށެވެ.

06 މާރިޗު 2023