މަސައްކަތް
ނަންބަރު: 263/263/2023/10
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 12 މާރިޗު 2023 12:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

 

ކައުންސިލުން ކަނޑައަޅައި މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި، ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 06 މާރިޗު 2023 ވާ ހޯމަ ދުވަހުން ފެށިގެން 12 މާރިޗު 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ބިޑް ރަޖިސްޓްރޭޝަން ފޯމް ލިންކް https://forms.office.com/r/C8RdeEMPJy މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 13 މާރިޗު 2023 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަނެއް ނެއްލައިދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން، 21 މާރިޗު 2023 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި މި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

މި އިޢުލާނާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 މާރިޗު 2023 ވާ އާދިއްތަ ދުވަހު ހެނދުނު 12:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

          މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

06 މާރިޗު 2023