ނޫސްބަޔާން
ނަންބަރު: (PR)203-LAW/1/2023/10
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 09:52
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
MSV. MARIA SINTHAYATHIRAI RIYANA ނަމަކަށް ކިޔާ ބޯޓު ކ.އަތޮޅު ތިލަފުށީ ކުޑަގިރިއަށް އެރުމާއި ގުޅިގެން ތިމާވެއްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާކުރުން

AM MSV. MARIA SINTHAYATHIRAI RIYANA ނަމަކަށް ކިޔާ ބޯޓު 31 ޖެނުއަރީ 2023 ގައި ކ. އަތޮޅު ތިލަފުށީ ކުޑަގިރިއަށް އަރާފައިވަނީ އަރާފައެވެ.

މި ބޯޓު ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް ބޯޓުގެ ވެރިފަރާތުން ސާރވޭކޮށް ސާރވޭ ރިޕޯޓު މި އެޖެންސީއާ ޙިއްސާކޮށްފައިވެއެވެ. އަދި ހަމައެހެންމެ މި އެޖެންސީގެ ސަރވެޔަރުން އެ ސަރަޙައްދަށް ގޮސް ސަރވޭއެއް ކޮށްފައިވެއެވެ. މިގޮތުން، ބޯޓުގެ ވެރިފަރާތުން މި އެޖެންސީއަށް ޙިއްސާކޮށްފައިވާ ސާރވޭ ރިޕޯޓަށާއި މި އެޖެންސީން އެ ސަރަޙައްދަށް ގޮސް ކޮށްފައިވާ ސާރވޭގެ، ސާރވޭ ރިޕޯޓަށް ރިޢާޔަތްކޮށް MSV. MARIA SINTHAYATHIRAI RIYANA އުޅަނދު ތިލަފުށި ކުޑަގިރި ފަރަށް (RF0563) އެރުމުގެ ސަބަބުން 130 އަކަމީޓަރުގެ ސަރަޙައްދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ވީމާ، މި ބޯޓު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު: 2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުން 3,098,710.00ރ (ތިން މިލިއަން ނުވަދިހަ އަށްހާސް ހަތްސަތޭކަ ދިހައެއް ދިވެހި ރުފިޔާ) އިން އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ Smt.T.Jesintha ވަނީ ޖޫރިމަނާކުރެވިފައެވެ. އަދި، މި އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ފަރާތަށް 28 ފެބްރުއަރީ 2023 ގައި ވަނީ އެންގިފައެވެ.

06 މާރިޗު 2023