ވަޒީފާގެ ފުރުޞަތު
ނަންބަރު: 145-A/2014/89
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 30 ޑިސެންބަރު 2014 14:00
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

 

މަޤާމު

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް: އެލް.އެސް 2

 

އަދަދު

01 (އެކެއް)

 

މަސައްކަތްކުރަންޖެހޭ ތަން

ކްރިމިނަލް ކޯޓު

 

އަސާސީ މުސާރަ

-/9412 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަރުފިޔާ)

 

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް -/3000 (ތިންހާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %55 އިތުރުގަޑީގެ ފައިސާ
  • އިތުރުގަޑީގައި މަސައްކަތްކުރައްވައިފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

އަސާސީ ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނުން ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު

  • ނިޔާކަނޑައަޅާ މައްސަލަތަކުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޑްރާފްޓްކުރުން.
  • ކޯޓުން ހަދާ ގަވާއިދުތަކާއި އުސޫލުތައް ޑްރާފްޓްކޮށް އެކުލަވާލުމުގެ މަސައްކަތްކުރުން.
  • ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުން.
  • މައްސަލަތައް ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން.
  • މައްސަލަތަކުގެ ރިޕޯޓު ތައްޔާރުކުރުމުގައި ޤާޟީންނަށް އެހީތެރިވެދިނުން.
  • ޤާޟީގެ ލަފަޔާއި މަޝްވަރާގެ މަތިން ސެކްޝަންތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި، އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ

 

ސުންގަޑި

30 ޑިސެންބަރު 2014 ވަނަ ދުވަހުގެ 14:00

 

އިތުރު މަޢުލޫމާތު

1- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ އިތުރުވެއްޖެނަމަ، ޝޯޓްލިސްޓްކުރެވޭނީ، ސެޓުފިކެޓުތަކާއި ތަޖުރިބާއަށް ބަލައި އެންމެމަތިން މާކްސް ލިބޭ 20 ފަރާތަށެވެ.

2- މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.

17 ޑިސެންބަރު 2014