ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-CB/286/2023/29
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 15:41
ސުންގަޑި: 23 މާރިޗު 2023 11:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ، ކުޅުދޫ އަވަށުން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުން

ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށުން ދަނޑުވެރިކަން ކުރުމަށް ދިގުމުއްދަތަށް ބިންދޫކުރުމަށް ހުޅުވާލަމެވެ.

ބިން އޮތް ސަރަހައްދާއި ބޮޑުމިން: ދޫެކުރުމަށް ހަމަޖެހިފައިވަނީ ކުޅުދޫ އަވަށު އާގެވަޅުތަކުގެ އުތުރުން 10،000 އަކަފޫޓުގެ 2 ބިމެވެ. ސަރަހައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި، ޖަމްޢިއްޔާތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 3/2022) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.

ދަނޑުވެރިކަމަށް ދޫކުރުމަށް  ހަަމަޖެހިފައިވާ ބިންތަކުގައި ކުރެވޭނެ މަސައްކަތްތަކާއި، ބީލަމުގައި ބައިވެރިވުމަށް ހުށައަޅަންޖެހޭ ތަކެއްޗާއި އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ކަރުދާހާއި، ރަޖިސްޓްރޭޝަން ލިންކް، ބީލަން ހުށައަޅާ ފޯމް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

 

ސުންގަޑިތައް:

ބިޑު ރަޖިސްޓްރޭޝަން

16 މާރިޗު 2023، 14:00 ގެ ނިޔަލަށް

ލިންކް: https://forms.office.com/r/EXJ7qeS00H

މަޢުލޫމާތު ސެޝަން

19 މާރިޗު 2023، 11:00

ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

ބީލަން ހުޅުވުން

23 މާރިޗު 2023، 11:00

ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

05  މާރިޗު  2023

05 މާރިޗު 2023