މަސައްކަތް
ނަންބަރު: (IUL)101-AS/1/2023/64
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 13 މާރިޗު 2023 10:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އައްޑޫ ސިޓީގައި ގާއިމްކުރެވޭ ޖޮބް ސެންޓަރ އޮފީސް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އައްޑޫ ސިޓީގައި ގާއިމްކުރެވޭ ޖޮބް ސެންޓަރ އޮފީސް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ،މި އިއުލާނާއި އެޓޭޗްކުރެވިފައިވާ ތަފްސީލްތަކާއި އެއްގޮތަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިމިނިސްޓްރީއަށް (ވެލާނާގޭ ގެ 11 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  13 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ ( ވެލާނާގެ 11 ވަނަ ފަންގިފިލާ).

ހުށަހަޅަންޖެހޭ ތަކެތި/ލިޔުން.

 

  1. އެސްޓިމޭޓް/ ކޯޓޭޝަން
  2. ޕްރޮފައިލް
  3. ތަޖުރިބާ ބަޔާންކުރާ ލިޔުން
  4. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

 

ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ އަންދާސީ ހިސާބުތައް އިވެލުއޭޓުކުރެވޭނެގޮތުގެ ތަފުޞީލު:

 

 

ކެޓަގަރީ

މާރކްސް

މާރކްސް ދެވޭ އުޞޫލު

1

އަގު:

50%

އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

2

މުއްދަތު:

30%

އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން

3

ތަޖުރިބާ:

%20

 ތަޖުރިބާއަށް މާރކްސްދެވޭނީ، ވޭތުވެދިޔަ 5 އަހަރު ތެރޭގައި ކޮށްފައިވާ މިފަދަ މަސައްކަތްތައް ނިންމިކަމުގެ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމަ ކޮންމެ މަސައްކަތަކަށް ލިބޭނީ 2 ޕޮއިންޓެވެ. (ގިނަވަގެން މިބަޔަށް ލިބޭނީ 20 ޕޮއިންޓެވެ.)

 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ،  3323668 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ.

05 މާރިޗު 2023