ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)431-AHP/1/2023/5
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 15 މާރިޗު 2023 10:30
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީ އަށް ސްމާރޓް ޔޫ.ޕީ.އެސް އަދ ސްމާރޓް ޔޫ.ޕީ.އެސް ބެޓްރީ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މިއޮތޯރިޓީ އަށް ސްމާރޓް ޔޫ.ޕީ.އެސް އަދ ސްމާރޓް ޔޫ.ޕީ.އެސް ބެޓްރީ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

 

2. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 2023 މާރިޗު 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން  [email protected] އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރާފަރާތްތަކަށް އެކަންނެވެ. ރަޖިސްޓްރީ ފޯމް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.

 

3. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 މާރިޗު 15 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ދެވަނަ ފަންގިފިލާ މީޓިންރޫމުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

4. މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2023 މާރިޗު 14 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

 

05 މާރިޗު 2023މ.

05 މާރިޗު 2023