ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)364-MSS/364/2023/15
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި:
20 މާރިޗު 2023 00:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ރަށުގެ މިސްކިތްތަކަށް ބޭނުންވާ ފެން ހަދިޔާކުރުން
މިއަހަރުގެ ރަމަޟާން މަހު ރަށުގެ މިސްކިތްތަކުގައި ބޭނުންކުރުމަށާއި ތަރާވީޚް ނަމާދަށް ބޭނުންކުރުމަށް ބޯފެން ހަދިޔާކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ވަނީ ޢާއްމުކޮށް ހުޅުވާލެވިފައެވެ.
ވީމާ، ކުރީ އަހަރުތަކެކޭ އެއްފަދައިން މިސްކިތްތަކުގައި ބޭނުންކުރުމަށް ބޯފެނާއި، މިސްކިތްތަކުގައި ރޯދަވީއްލުމަށް ތަކެތި ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް 20 މާރިޗް 2023 ދުވަހުގެ ނިޔަލަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށާއި ތަކެތި ހަދިޔާކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ ނަންބަރު 6723715 ފޯނަށް ގުޅުއްވުން އެދެމެވެ.
05 މާރިޗު 2023