ދިވެހިރާއްޖެ
މި ކޮމިޝަނުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައި ކުރި ނަންބަރު PSM/IUL/2014/91-ފ188 (25 ނޮވެންބަރު 2014) އިޢުލާނަށް، އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައި ނުވާތީ، އެ މަޤާމަށް ކުރިމަތިލެއްވުމުގެ މުއްދަތު 2015 ޖަނަވަރީ 5 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް އިތުރުކޮށްފައިވާ ކަމުގައި ދަންނަވަމެވެ.
ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުތު ހަމަވާ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިޙާނު ކުރުން ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 2015 ޖަނަވަރީ 14 އިން 2015 ޖަނަވަރީ 18 އާ ދެމެދު މާލޭގައެވެ.
ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. އަދި، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައި ކުރި ނަންބަރު PSM/IUL/2014/91-ފ188 (25 ނޮވެންބަރު 2014) އިޢުލާނާ ގުޅިގެން 2014 ޑިސެންބަރު 18 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުން އިތުރަށް އެޕްލިކޭޝަން ހުށަހަޅުއްވަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ.
2 ރަބީޢުލްއައްވަލް 1436