ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 457-HR/1/2014/1004
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:43
ސުންގަޑި: 05 ޖަނަވަރީ 2015 12:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މިބިއުރޯގެ 30 ނޮވެންބަރު 2014 ވަނަ ދުވަހު ގެޒެޓް ކުރެވުނު އިޢުލާން ނަންބަރު: IUL)457-HR/1/2014/1001) އެންމެ ފަރާތަކުން ކުރިމަތިލާފައި ވަތީ އާއި އަދި ދެވަނަ ފަހަރަށް  އިޢުލާން ގެޒެޓްކުރި ހަފްތާ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި 2014 ޑިސެންބަރު 7، 8، 9، 10 އަދި 11 ހަމަޖެއްސުމާ ގުޅިގެން މި ބިއުރޯއިން ކޮށްފައިވާ ތިރީގައި މިދަންނަވާ އިޢުލާނަށް އެކަށީގެންވާ މުއްދަތެއް ދެވިފައިނުވާތީ މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ   

މަޤާމު:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:

GS3

ރޭންކް

-/4465 ރުފިޔާ

މުސާރަ:

- މުސާރަ 4,465.00 ރ

- ސަރވިސް އެލަވަންސް 1,500.00ރ

- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް %35

މި މަޤާމުގެ މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

އެހެނިހެން

އިނާޔަތްތައް

01

ބޭނުންވާ އަދަދު

ސްޓެޓިސްޓިކްސް ޑިވެލޮޕްމަންޓް އެންޑް ކޯޑިނޭޝަން، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް.

މަޤާމު ބޭނުންވާ ސެކްޝަން

ލ.އަތޮޅު ކައުންސިލް އިދާރާ،  ލ.ފޮނަދޫ 

މަސައްކަތް ކުރަންޖެހޭ ތަނާއި ރަށް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ސަރުކާރުގެ އެކި އޮފީސްތަކުން އަތޮޅާއި ރަށުފެންވަރުގެ އިދާރީ ތަފާސްހިސާބު އެއްކުރުމަށް ބޭނުންކުރާ ފޯމުތައް ފުރިހަމަކުރުން
  2. އަތޮޅާއި ރަށު ފެންވަރުގައި ހިންގޭ ތަފާސްހިސާބުގެ ތަމްރީނު ޕްރޮގުރާމުތައް ވިލަރެސްކުރުން
  3. އަތޮޅާއި ރަށު ފެންވަރުގައި ހިންގޭ އެކިއެކި ސަރވޭތަކުގެ ލިސްޓާއި ރިކޯޑު ބެލެހެއްޓުން
  4. ޑީ.އެން.ޕީ ގެ ތަފާސްހިސާބާ ބެހޭ ޑިވިޝަނުން އެކުލަވާލުމަށް ހަމަޖެހިފައިވާ ރަށްރަށުގެ ތަފާސްހިސާބުގެ އަހަރީފޮތަށް ބޭނުންވާ ރަށުފެންވަރުގެ ތަފާސްހިސާބު ފޯރުކޮށްދިނުން
  5. އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދެވޭ މިންވަރު އިތުރުކުރުމާއި ކަމާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުން
  6. އަތޮޅާއި ރަށުފެންވަރުގައި މަސައްކަތް ހިންގާ ތަންތަނުގެ ލިސްޓެއް ބެލެހެއްޓުން
  7. ބޯހިމެނުމާއި ސަރވޭތަކަށް ބޭނުންވާ ލިސްޓިންގ ރަށުފެންވަރުގައި ނެގުމާއި މި މަޢުލޫމާތު އަޕްޑޭޓުކުރަން ބޭނުންވާ މިންވަރަކުން އެ މަސައްކަތްކުރުން
  8. ބޯހިމެނުމާއި ސަރވޭތަކަށް ބޭނުންވާ ރަށުގެ ޗާޓުތައް އަޕްޑޭޓުކޮށް ބެލެހެއްޓުން
  9. ބޯހިމެނުނުމާއި ސަރވޭތަކުގައި އަތޮޅާއި ރަށުފެންވަރުގައި ހަރަކާތްތެރިވާ އިނިއެމަރޭޓަރުންނާއި ސުޕަވައިޒަރުން ތަމްރީނުކުރުން
  10. އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ސުޕަވައިސްކޮށް ވިލަރެސްކުރުން
  11. އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް އަމަލީގޮތުން ސުޕަވައިޒް ކުރުމަށްޓަކައި އަތޮޅުގެ ރަށްރަށަށް ދަތުރުކުރުން
  12. ޑީ.އެން.ޕީ ގެ ތަފާސްހިސާބާބެހޭ ޑިވިޝަނަށް މަސައްކަތް ހިނގާ ގޮތުގެ މަޢުލޫމާތުދީ ގަވާއިދުން ރިޕޯޓުކުރުމާއި ކަމާބެހޭ ބައްދަލުވުންތަކުގައި ބައިވެރިވުން
  13. ކުއްލި ހާލަތްތަކުގައި ވަގުތުން ވަގުތަށް އަތޮޅާއި ރަށުފެންވަރުގައި އެއްކުރަންޖެހޭ އެމަރޖެންސީ އިންފޯ ހަލުވިކަމާއެކު ނެގުމަށްޓަކައި އެހީތެރިވުން
  14. ރަށްރަށުގައި ހިންގަމުންދާ ޕްރޮޖެކްޓުތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން

މަޤާމުގެ މަސްއޫލިއްޔަތު:

- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު

- ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

މި މަގާމަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު ކުރުމާއި އިމްތިޙާނުކުރުން ލ. އަތޮޅު ކައުންސިލް އިދާރާގައި އަދި މާލޭގައިވެސް އޮންނާނީ އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާތެރޭގައެވެ.

އިންޓަވިއު ކުރުމާއި، އަދި އިމްތިޙާނު ކުރުން

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު .
  2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައި)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން،

ހުށަހަޅަންޖެހޭ ލިޔުންތައް:

05 ޖަނަވަރީ 2015ގެ 12:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ލ.އަތޮޅު ކައުންސިލްގެ އިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ސުންގަޑި:

 

  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ލ. އަތޮޅު ކައުންސިލް އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349395 ނުވަތަ 3349388 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު:

22 ޑިސެންބަރު 2014