ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471/471/2023/72
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 30 އޭޕްރިލް 2023 00:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތައް ރަޖިސްޓަރީވުމާއި، ޕްރޮޖެކްޓް ލައިސަންސް ހުއްދަ ހޯދުމާއި ގުޅޭ

ޢިމާރާތްކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 2017/4) ގެ ދަށުން އެކުލަވާލައިފައިވާ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު (2019/R-1019) ގެ ދަށުން   ޢިމާރާތްކުރުމުގެ  އެއްވެސް މަސައްކަތެއް ކުރާނަމަ، ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެ މަސައްކަތެއްކުރުމަށް ކޮންޓްރެކްޓަރ ރަޖިސްޓަރީވުމަކީ ލާޒިމްކަމެކެވެ. އަދި މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ޢިމާރާތުގެ ސްޓްރަކްޗަރ އާއި ގުޅުން ހުރި ނުވަތަ ކުރާ މަސައްކަތުގެ އަގު /-1،500،000 (ފަނަރަަ ލައްކަ) ރުފިޔާ ނަމަ، ނުވަތަ  އެއަށްވުރެ ބޮޑުނަމަ، ޕްރޮޖެކްޓް ލައިސަންސް ނެގުން ލާޒިމްވެއެވެ.

 އެހެންކަމުން، މި ގަވާއިދުގެ ދަށުން ޕްރޮޖެކްޓް ލަައިސަންސް ހުއްދަ ނުނަގާ ޢިމާރާތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާމެދު، 1 އޭޕްރީލް 2023 ން ފެށިގެން މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅޭނެކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

05 މާރިޗު 2023