ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-CB/286/2023/28
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 17:07
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް މުބާރާތުގެ ދުވަސްތަކުގައި ގާޑިޔާ ބެހެއްޓުމާއި ގުޅޭ
ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތާއި ގުޅުވައިގެން މުބާރާތް ހިނގާ މުއްދަތުގައި ދަނޑު ސަރަހައްދުގައި ގާޑިޔާ ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މުބާރާތް ކުރިއަށްދާނީ 4 މާރިޗު 2023 އިން ފެށިގެން 11 މާރިޗު 2023 ގެ ނިޔަލަށެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ އޮންލައިން ފޯމް ފުރުއްވުމަށް ދަންނަވަމެވެ. ގާޑިޔާ ރަޖިސްޓްރީކުރާ ފަރާތްތަކުން މުބާރާތުގެ މެޗުތައް ކުޅޭ ދުވަސްތަކުގައި ދުވާލަކަށް 50ރ ފީގެ ގޮތުގައި ކައުންސިލަށް ދައްކަންވާނެއެވެ.
ގާޑިޔާ ބެހެއްޓޭނެ ސަރަހައްދުތައް އަންގައިދޭ ޗާޓެއް މިއިޢުލާނާއެކު އެއްކަރުދާސްކޮށް އިޢުލާންކުރަމެވެ.
ފޯމް ލިންކު: https://forms.office.com/r/3xh5tGTUZ8
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
03 މާރިޗު 2023