މުބާރާތް
ނަންބަރު: B-381/ I-2023/20
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 21:49
ސުންގަޑި: 31 މާރިޗު 2023 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލް އިދާރާގެ 10 ވަނަ ޤުރުއާން މުބާރާތް 2023

                ކުޑަހުވަދޫ ކައުންސިލް އިދާރާގެ 10 ވަނަ ޤުރުއާން މުބާރާތް 2023 އޭޕްރީލް 13 ވަނަ ދުވަހު ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023 މާރޗް 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ފުރާ ހުށައެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމް ލިންކް މިއިދާރާގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރެވިފައިވާނެއެވެ.

                މިއީ ކުޑަހުވަދޫގެ ރައްޔިތުންނާއި، ކުޑަހުވަދޫގައި ދިރިއުޅޭ އެންމެހާ ފަރާތަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ ވާދައިގެ މުބާރާތެކެވެ. ކޮންމެ ބައިވެރިއަކަށްވެސް ބައިވެރިވެވޭނީ ބަލައިގެންކިޔެވުން ނުވަތަ ހިތުންކިޔެވުން މިދެގޮފީގެތެރެއިން ކޮންމެވެސް އެއްގޮތްޕެއްގައެވެ. މިގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގައިބައިވެރިވާ ފަރާތަކަށް ހިތުންކިޔެވުމުގެ ގޮފީގައި ބައިވެރިއެއްނުވެވޭނެއެވެ.

                މުޅި މުބާރާތުގެ ހުރިހާގޮތަކުން 1 ވަނައަށްހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް، 2 ވަނައަށްހޮވޭ ފަރާތަކަށް 7000.00(ހަތްހާސްރުފިޔާ) އަދި 3 ވަނައަށްހޮވޭ ފަރާތަކަށް 5000.00(ފަސްހާސްރުފިޔާ)ގެ ފައިސާގެ ޢިނާމް ކަނޑައެޅިފައިވެއެވެ. މީގެ އިތުރުން އެކި ޢުމުރުފުރާތަކުންވެސް ވަނަހޮވާގޮތަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވެވޭ ޢުމުރުފުރާއާއި، މުޤައްރަރާއި، ޤަވާއިދު މިއިޢުލާނާއި އެކު ހިއްސާކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ  6760522 ނަންބަރަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކް

https://docs.google.com/forms/d/e/1FAIpQLSde-muBafo9LyengkIKoTXOo10YQDZpCybV57I8YOrrAyJVEg/viewform

 

02 މާރިޗު 2023