ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HRM/IU/2023/134
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 19:34
ސުންގަޑި: 09 މާރިޗު 2023 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވެއާރހައުސް އެސިސްޓެންޓް

ވެއާރހައުސް އެސިސްޓެންޓް
ޕްރޮކިއުމަންޓް އެންޑް ވެއާރހައުސް މެނޭޖްމަންޓް

 

ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ

 

ތައުލީމީ ފެންވަރާއި ތަޖުރިބާ:

  • އަސާސީ ތަޢުލީމު ފެންވަރުހުރުމާއި އެކު މަސައްކަތްކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.


މަޤާމުގެ މަސްއޫލިއްޔަތު:
އިންވެންޓަރީއަށް ގެނެވޭ މުދާ ލޯޑްކޮށް، އަންލޯޑްކުރުމާއި ސެކްޝަންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުން.

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

  • ވެއާރހައުސްއަށް ގެނެވޭ މުދާ ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  • އިންވެންޓްރީއަށް ލިބޭ ތަކެތި ރަނގަޅުތޯ ބަލައި ޗެކްކުރުން.
  • ވެއާރހައުސްއަށް ގެނެވޭ އަދި ބޭރުކުރެވޭ މުދަލުގެ ރިކޯޑު ރަނަގަޅަށް ބެލެހެއްޓުމުގައި ސްޓޯރ ކީޕަރުންނަށް އެހީތެރިވުން.
  • ވެއާރހައުސް ސާފު ތާހިރު ކޮށް ބެލެހެއްޓުން.
  • ސުޕަވައިޒަރގެ އިރުޝާދުގެ މަތިން ލިޔެކިޔުން ފައިލް ކުރުމުގައި އެހީތެރިވެދިނުން.


ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއި އެކު ކުރުން.
  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
  • ހީވާގިކަމާއެކު މަސައްކަތް ކުރެވޭ އަދި ސިއްޙަތު ސަލާމަތުންހުރި މީހެއް ކަމުގައިވުން.


މުސާރަ: 10,500.00ރ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

 

ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ އަދި ލައިސަންސް ކާޑު ކޮޕީ
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން

 

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 9 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: ( https://jobs.hdc.com.mv )


އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

02 މާރިޗު 2023