ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HRM/IU/2023/130
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 19:33
ސުންގަޑި: 09 މާރިޗު 2023 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ބޯޓު/ލޯންޗް ކުރޫ

ބޯޓް / ލޯންޗް ކުރޫ
ހުޅުމާލެ އޮޕަރޭޝަންސް

 

މަސައްކަތު ގަޑި:
ޝިފްޓް ޑިއުޓީ

 

ތައުލީމީ ފެންވަރާއި ތަޖުރިބާ:

  • ގްރޭޑް 8 ނިންމާފައިވުން (ނުވަތަ)
  • އަސާސީ ތަޢުލީމު ފެންވަރު ހުރުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.


މަޤާމުގެ މަސްއޫލިއްޔަތު:
ކެޕްޓަންގެ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ފަރުވާތެރިކަމާއެކު ވަޒީފާގެ އެންމެހާ ޒިންމާތައް އަދާކުރުން.

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

  • އުޅަނދުގައި ހަރުކޮށްފައިހުންނަ ތަކެއްޗާއި ހިފާގެންގުޅޭ ސާމަން ފަރުވާތެރިކަމާއެކު ބަލެހެއްޓުން.
  • ކޮންމެދުވަހެއްގެ ރަސްމީ ދަތުރުތައް ނިމުމުން، އުޅަނދުގެ އެތެރެ ސާފުކުރުން.
  • ދަތުރުތައް ނިމެންދެން އުޅަނދު އަޅާފައިއޮންނަ ސަރަހައްދުގައި މަޑުކުރުން އަދި އުޅަދުގެ ކެޕްޓަންއަށް އެންގުމަށްފަހު ހުއްދަ ލިބުމުން މެނުވީ އުޅަނދު ދޫކޮށް ނުދިއުން.
  • އުޅަނދު ފަޅުގައި އަޅާއިރު އާއި ފުރާއިރު ފަރުވާތެރިކަމާއެކު ކެޕްޓަންގެ އިރުޝާދުގެ ދަށުން އެވަގުތު ކުރަންޖެހޭ މަސައްކަތް ކުރުން، އުޅަނދު އެޅުމުގަ ނުވަތަ ފުރުމުގައި ފަޅުވެރިޔާގެ އިޙުމާލުން ދޯންޏަށް ލިބޭ ގެއްލުމަށް ޒިންމާވުން.
  • ސަޕްލައި ބަލާ ކުރާދަތުރުތަކުގައި މުދާ އުފުލުމަށް ފަޅުވެރިންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ދިނުން، އަދި އުޅަނދުގައި ގެންނަ މުދާ ސްޓޯރާއި ހަމަޔަށް ގެނެވެންދެން ފަރުވާތެރިކަމާއިއެކު ބެލެހެއްޓުން.
  • އުޅަނދު މަރާމާތަށް ހުޅުމާލެއަށް ނުވަތަ ކައިރި އެހެން ރަށަކަށް އެހެލަން ޖެހިއްޖެ ހާލަތެއްގައި، މަރާމާތުގެ މަސައްކަތް ނިމެންދެން އުޅަނދު ބެލެހެއްޓުމަށް އުޅަނދުގައި ޑިއުޓީއަދާކުރުން، އަދި އުޅަނދު އެހެލުމަށްފަހު ފެހިކަހާ ދަވާދުލުމުގެ މަސައްކަތް ކުރުން.
  • ތާވަލާއި އެއްގޮތްވާގޮތުގެ މަތިން އުޅަނދުގެ ބޭރުސާފުކުރުން ( މޫދުގައި ކުރަންޖެހޭމަސައްކަތް ) ފެހިކަހާ ބޮއިސާފްކޮށް ރީތިފެނުން ދޮވުން.
  • މަސައްކަތް ކުރާ އުޅަނދު ނޫން އެހެން އުޅަދެއްގެ ފަޅުވެރިއަކަށް ނާދެވިއްޖެ ހާލަތެއްގައި، އޮފީހުން އެންގުމުން އެއުޅަދެއްގައި ވަގުތީގޮތުން ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުން.

 

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • ނިޔަމި ކަމުގެ ލައިސެންސް ހާސިލްކޮށްފައިވާ ފަރާތްތަކައް އިސްކަންދެވޭނެ.
  • ފަތަން އެގުމާއި ސަލާމާތީ ކަންތައްތައް އެނގުން.
  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
  • ހީވާގިކަމާއެކު މަސައްކަތް ކުރެވޭ އަދި ސިއްޙަތު ސަލާމަތުންހުރި މީހެއް ކަމުގައިވުން.


މުސާރަ: 11,500.00ރ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

 

ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ އަދި ލައިސަންސް ކާޑު ކޮޕީ
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން

 

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 9 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: ( https://jobs.hdc.com.mv/ )

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

02 މާރިޗު 2023