ދިވެހިރާއްޖެ
ނަންބަރ: HDC(161)-MKS/IU/2023/131
އިޢުލާން |
ހުޅުމާލެ ފޭސް-2 ގައި ވަގުތީ ލޯކަލް މާރުކޭޓު ހިންގުމަށް ގޮޅި ދޫކުރުން
ހުޅުމާލެ ފޭސް-2 ގައި ވަގުތީ ލޯކަލް މާރުކޭޓު ހިންގުމަށް 09 (ނުވަ) ގޮޅި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ދޫކުރުމަށްވަނީ ނިންމާފައެވެ. އަދި މި ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ރޯދަމަހަށް ހާއްސަކޮށްގެން ކާބޯތަކެތި ވިއްކުމުގެ ބޭނުމަށެވެ.
މަރުހަލާތައް |
ތާރީޚާއި ގަޑި |
ތަން |
ފޯމު ބަލައިގަތުން |
ތާރީޚް: 09 މާރިޗު 2022 (ބުރާސްފަތި) ގަޑި: 09:30 އާއި 11:00 އާ ދެމެދު |
ފަހުގެ ތާރީހެއްގައި އިއުލާނުކުރެވޭނެ |
ގުރުއަތު ނެގުން |
ތާރީޚް: 09 މާރިޗު 2022 (ބުރާސްފަތި) ގަޑި: ފޯމު ބަލައިގަތުން ނިމުމުން |
ބީލަން ފޯމު ހުށަހެޅުމާ ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު މި ކޯޕަރޭޝަނުގެ ވެބްސައިޓްސް www.hdc.com.mv އަދި https://properties.hdc.com.mv/ ގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޕަރޭޝަނުގެ ނަންބަރ 1516 އަށް ގުޅުއްވުމަށް އެދެމެވެ.
10 ޝައުބާން 1444ހ.
02 މާރިޗް 2023މ.