ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ބަނދަރު ސަރަހައްދުގައި ތެޔޮ ޝެޑެއް ޤާއިމްކުރުމަށް ބިމެއް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިބިމަކީ ތެޔޮ ގުދަންކޮށް، ބޭނުންކުރުމާއި، ރައްކާތެރިކޮށް ބަހައްޓާ، ރީޓެއިލް އަދި ހޯލްސޭލްކޮށް ތެލުގެ ވިޔަފާރިކުރުމަށް ޚާއްޞަކޮށް ހުޅުވާލެވޭ ބިމެކެވެ.
ބިން އޮތް ސަރަހައްދާއި ބޮޑުމިން: މިބިމަކީ ކެނދިކުޅުދޫ "ބޮޓަނީ ޕަވަރ" ތެޔޮ ޝެޑުގެ އިރުން އޮތް، އިރުމަތީފަރާތާއި ހުޅަނގުފަރާތުގައި 50 ފޫޓު، އުތުރުފަރާތާއި ދެކުނުފަރާތުގައި 50 ފޫޓު، ޖުމްލަ 2،500.00 އަކަފޫޓުގެ ބިމެކެވެ. ބިމުގެ ސަރަހައްދާއި ބޮޑުމިން އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓްކޮށްފައިވާނެެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދަންޖެހޭނީ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާއިދު (ޤަވާއިދު ނަންބަރު 2015/R-160) އާއި ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާއިދަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާއިދު (ޤަވާއިދު ނަންބަރު 2015/R-219) އާއި ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާއިދަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާއިދު (ޤަވާއިދު ނަންބަރު 2021/R-67) އާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.
ބިޑު ރަޖިސްޓްރޭޝަން |
12 މާރިޗު 2023، 14:00 ގެ ނިޔަލަށް |
|
މަޢުލޫމާތު ސެޝަން |
15 މާރިޗު 2023، 11:00 |
ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް |
ބީލަން ހުޅުވުން |
20 މާރިޗު 2023، 11:00 |
ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް |
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
10 ޝައުބާން 1444
02 މާރިޗު 2023