ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)418-AS/418/2023/5
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 16 މާރިޗު 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ނަޑެއްލާ ކައުންސިލްގެ ޤުރުއާން މުބާރާތް 1444

ގދ. ނަޑެއްލާ ކައުންސިލްގެ ޤުރުއާން މުބާރާތް 1444

ނަޑެއްލާ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސައި ޤުރުއާނުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމުގެ މަޤްޞަދުގައި މި ކައުންސިލުން، ސްކޫލުގެ ދަރިވަރުންނަށާއި 17 އަހަރުންމަތީގެ އެންމެހާ ބޭފުޅުންނަށް އަމާޒުކޮށްގެން ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 09 އޭޕްރީލް 2023 އިން 15 އޭޕްރީލް 2023 ގެ ނިޔަލަށް ނަޑެއްލާ ސުކޫލުގައެވެ.

މި މުބާރާތުގައި ވާދަކުރާ ދަރިވަރުންގެ ތެރެއިން މުޅި މުބާރާތުން 1 ވަނަ އަށް ހޮވޭ ދަރިވަރަކަށް 5,000.00 (ފަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް، 2 ވަނަ އަށް ހޮވޭ ދަރިވަރަކަށް 3,000.00 (ތިން ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް އަދި 3 ވަނަ އަށް ހޮވޭ ދަރިވަރަކަށް 2,000.00 (ދެ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީހަމަޖެހިފައެވެ. އަދި މި މުބާރާތުގަ ބައިވެރިވާ ޢުމުރުން 17 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން މުޅި މުބާރާތުން 1 ވަނަ އަށް 3,000.00 (ތިން ހާސް) ރުފިޔާ، 2 ވަނަ އަށް 2,000.00 (ދެ ހާސް) އަދި 3 ވަނަ އަށް 1,000.00 (އެއް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ޤަވާޢިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މި އިޢުލާނާއިއެކު ހިމަނާފައިވާނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ސުކޫލު ދަރިވަރުންނަށް ސުކޫލުން ފޯމު ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ޢުމުރުން 17 އަހަރުންމަތީގެ ފަރާތްތަކަށް މި ކައުންސިލްގެ އިދާރާއިން ފޯމު ލިބެން ހުންނާނެއެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ފޯމު ފުރިހަމަކުރެއްވުމަށްފަހު 16 މާރިޗު 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ސުކޫލުގެ ދަރިވަރުން ސުކޫލަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމަވެ. އަދި ޢުމުރުން 17 އަހަރުންމަތީގެ ފަރާތްތަކުން ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި މުއްދަތުގެ ފަހުން ހުށަހަޅާ ފޯމްތަށް ބަލައިނުގަނެވޭނެވާހަކަ އެންމެހާފަރާތްތަކުގެ މަޢުލޫމާތައްޓަކާ ދެންނެވީމެވެ.

02 މާރިޗު 2023