ދިވެހިރާއްޖެ
(IUL)TAH-D/TAH/2023/8ނަންބަރ:
އިޢުލާން
މި ހޮސްޕިޓަލްގެ (IUL)TAH-D/TAH/2023/6 ނަންބަރ އިއުލާން އާއި ގުޅިގެން ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން
އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިއުލާން ބާތިލްކޮށް، ތ.އަތޮޅުހޮސްޕިޓަލްގެ އިމާރާތްތަކާއި، ގޯތި ކުނިކަހާ، ފޮޅާ، ސާފުކުރުމުގެ މަސައްކަތް
ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
ވީމާ މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ
ކުރެއްވުމަށްފަހު، 13 މާރޗް 2023 ވަނަ ދުވަހު 13:00 އަށް މިއޮފީހަށް ( ތ.އަތޮޅު ހޮސްޕިޓަލް ) ވަޑައިގެން އަންދާސީ ހިސާބު
ހުށަހެޅުއްވުން އެދެމެވެ.
ރަޖިސްޓްރީވުން 08 މާރޗް 2023، 13:00 ގެ ކުރިން
ބިޑް ހުޅުވުން 13 މާރޗް 2023، 13:00 އަށް
ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް މި ޢިއުލާންގެ ނަންބަރު ޖެއްސެވުމަށްފަހު، ބައިވެރިވާ ފަރާތުގެ ނަމާއި،ގުޅޭން ފަރާތެއްގެ ފުރިހަމަ ނަމާއި
ފޯނު ނަންބަރ، އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު [email protected] އަށް
އީމެއިލް ކޮށްދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެކަމަށާއި އަންދާސީ
ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް
ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.
02 މާރޗް 2023