މަސައްކަތް
ނަންބަރު: (IUL)239/239/2023/8
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 13 މާރިޗު 2023 11:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު އަޖުމަ ވަތި، ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ ފަރާތުން އެއްގަމުގެ ލައިސަންސް ދޫކުރުމަށްޓަކައި ހަދާފައިވާ " ކޮޅުމަޑުލު އަޖުމަ ވަތި " ހިމެނޭ ބިމާއި، އެ ބިމާ އިންވެގެން އޮންނަ މަގުތައް 2023 އޭޕްރީލް 01 ން 31 މާރިޗް 2024 އަށް، ވިނަނޮޅާ ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގެ ކުރިން ބިޑްގައި ބައިވެރިވުމަށް، މިލިންކްމެދުވެރިކޮށް https://forms.gle/hrnELY2UqLSJuB4M8 ރަޖިސްޓްރީވެލައްވައި، ނުވަތަ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް، މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް

އަންދާސީހިސާބު ހުށަހެޅުމަށް

8 މާރިޗް 2023 ( ބުދަ ) ދުވަހުގެ 11:00 ގެ ކުރިން

13 މާރިޗް 2023 (ހޯމަ) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780700 ނުވަތަ 6780706 (މުޙައްމަދު ރަފީޢު) އާ ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

10 ޝަޢްބާން 1444

2 މާރިޗް 2023

02 މާރިޗު 2023