ދިވެހިރާއްޖެ
``
މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލުގެ އިދާރާ
ބ މާޅޮސް
ދިވެހިރާއްޖެ.
މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލުގެ ހިންގާ ގަވާއިދު
އެއްވަނަ ބާބު އާންމު މާއްދާތައް |
|||||
ތަޢާރުފާއި ނަން |
(ހ) |
މި ގަވާއިދަކީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކުރެވިފައިވާ މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލް ހިންގުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ ގޮތުން، އެ ޤާނޫނުގެ 108 ވަނަ މާއްދާއިން ބާރު ލިބިގެން، މާޅޮސްމާޑުލުދެކުނުބުރީ މާޅޮހު ކައުންސިލުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. |
|||
|
|
(ށ) |
މި ގަވާއިދަށް ކިޔާނީ، " މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލުގެ ހިންގާ ގަވާއިދު" އެވެ. |
||
މަގުސަދު |
މި ގަވާއިދުގެ މަގުސަދަކީ، ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލްހިންގުމަށާއި، ކައުންސިލުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށާއި، ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ޓަކައި ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތައް ހިންގުމާއި، އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި ބަޔާންކުރުމެވެ. |
||||
ގަވާއިދަށް ޢަމަލުކުރަން ފެށުން |
(ހ) |
މި ގަވާޢިދު ފާސްކޮށްފައިވަނީ 14 ސެޕްޓެންބަރު 2022 ގައި ބޭއްވުނު މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލުގެ 4 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 18 ވަނަ ބައްދަލުވުމުގައެވެ. |
|||
|
|
(ށ) |
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. |
||
ދެވަނަ ބާބު ކައުންސިލުގެ ރައީސާއި ނައިބު ރައީސާއި މެންބަރުން |
|||||
ކައުންސިލުގެ ރައީސް |
ރަށު ކައުންސިލުގެ ރައީސް އިންތިޚާބުކުރާނީ، ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ދީމިޤްރާޠީ އުސޫލުތަކުގެ މަތީން ނަގާ ސިއްރު ވޯޓަކުންނެވެ. |
||||
ކައުންސިލުގެ ނައިބު ރައީސް |
(ހ) |
ރަށު ކައުންސިލުގެ ނައިބުރައީސް އިންތިޚާބުކުރާނީ، ކައުންސިލުގެ މެންބަރުންގެ ތެރެއިން އެ ކައުންސިލުގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. |
|||
|
|
(ށ) |
މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކައުންސިލުގެ ނައިބު ރައީސް މަޤާމުން އިސްތިޢުފާ ދީފިނަމަ، ނުވަތަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިފިނަމަ، ނުވަތަ މެންބަރުކަމުން ވަކިވެއްޖެނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެކަން އަންގައި، ނައިބު ރައީސްގެ މަޤާމު ހުސްވާ ތާރީޚުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު އެ މަޤާމަށް އިންތިޚާބުކުރަންވާނެއެވެ. އެ މުއްދަތުގައި އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރެވިފައި ނުވާނަމަ، އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރެވެންދެން، އެ ނޫން މައްސަލައަކާބެހޭ ގޮތުން ކައުންސިލުގައި މަޝްވަރާކޮށްގެން ނުވާނެއެވެ. |
||
ކައުންސިލުގެ ނައިބު ރައީސް އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތް |
(ހ) |
ކައުންސިލުގެ ނައިބު ރައީސް އިންތިޚާބުކުރާނީ، ކައުންސިލުގެ އާންމު ބައްދަލުވުމެއްގައި، އަންނަނިވި ގޮތުގެ މަތީންނެވެ. |
|||
|
|
(1) |
ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލުގެ ނައިބު ރައީސްކަމަށް އިންތިޚާބުވުމަށް އެދޭ މެންބަރަކު، އެ މެންބަރެއްގެ ނަން، ކައުންސިލުގެ އާންމު ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ. |
||
|
|
|
(2) |
ނައިބު ރައީސްކަމަށް މެންބަރަކު އިންތިޚާބުކުރާނީ، ކައުންސިލުގެ އާންމު ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. |
|
|
|
|
(3) |
ނައިބު ރައީސް ހޮވުމަށް ނަގާ ސިއްރު ވޯޓުގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ، 1 (އެކެއް) ވޯޓެވެ. |
|
|
|
(ށ) |
ކައުންސިލުގެ ނައިބު ރައީސް އިންތިޚާބު ކުރުމަށް ޓަކައި ނަގާ ސިއްރު ވޯޓުގެ ކަންތައްތައް ބަލަހައްޓާނީ، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލެވެ. |
||
ކައުންސިލުގެ ރައީސް މަޤާމުން އިސްތިޢުފާ ދިނުން |
(ހ) |
ކައުންސިލުގެ ރައީސް މަޤާމުން އިސްތިޢުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. އިސްތިޢުފާގެ ސިޓީ ކައުންސިލުގެ އިދާރާއަށް ލިބުމުން، އޭނާ އެ މަޤާމުން ވަކިވީއެވެ. |
|||
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ، ކައުންސިލުގެ އިދާރާއަށް ލިބުމުން، އެ ސިޓީއަކީ ރައީސް ހުށަހަޅައިފައިވާ ސިޓީއެއްކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތުން ކަށަވަރު ކުރަންވާނެއެވެ. |
||
ކައުންސިލުގެ ނައިބު ރައީސް މަޤާމުން އިސްތިޢުފާ ދިނުން |
(ހ) |
ކައުންސިލުގެ ނައިބު ރައީސް މަޤާމުން އިސްތިޢުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. އިސްތިޢުފާގެ ސިޓީ ކައުންސިލުގެ އިދާރާއަށް ލިބުމުން އޭނާ އެ މަޤާމުން ވަކިވީއެވެ. |
|||
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ، ކައުންސިލުގެ އިދާރާއަށް ލިބުމުން، އެ ސިޓީއަކީ ނައިބު ރައީސް ހުށަހަޅައިފައިވާ ސިޓީއެއްކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތުން ކަށަވަރުކުރަންވާނެއެވެ. |
||
|
|
(ނ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކައުންސިލުގެ ނައިބު ރައީސް ކަމުގެ މަޤާމުން މެންބަރަކު އިސްތިޢުފާ ދިނަސް، އެ މެންބަރެއްގެ މެންބަރުކަން ދެމި އޮންނާނެއެވެ. |
||
ކައުންސިލުގެ ނައިބު ރައީސް މަޤާމުން ދުރުކުރުން |
(ހ) |
ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް ކައުންސިލުގެ އާންމު ބައްދަލުވުމެއްގައި ވޯޓަށް އަހަންވާނީ، އަންނަނިވި ކަންކަން ފުރިހަމަކުރުމަށް ފަހުގައެވެ. |
|||
|
|
|
(1) |
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ރޫޙާ އެއްގޮތަށް ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން އެ ކަންކަން އިޞްލާޙުކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުޞަތު ދިނުން؛ |
|
|
|
|
(2) |
ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކައުންސިލުގެ އާންމު ބައްދަލުވުމަށް އެޖެންޑާކުރުން. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް ޝަރުޢީ ކޯޓަކުން ޖިނާއީ ކުށެއް ސާބިތުވެގެން ޙުކުމެއް ކޮށްފި ހާލަތުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަރުޙަލާ ފުރިހަމަކުރުމަކާ ނުލައި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
||
|
|
(ނ) |
މި ގަވާއިދުގެ ދަށުން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނުވަތަ އެ ވޯޓުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށް ކައުންސިލުގެ އާންމު ބައްދަލުވުމަށް ކައުންސިލުގެ މެންބަރަކު ހުށަހަޅާ ހުށަހެޅުން، އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލުގެ ތެރެއިން ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެ ވަގުތަކު ކައުންސިލު ހިންގުމާ ހަވާލުވެހުރި ކައުންސިލަރެއް އެޖެންޑާ ކުރަންވާނެއެވެ. |
||
|
|
(ރ) |
ކައުންސިލުގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވިކަމަށް ފެންނަ ކަންކަން، ލިޔުމުން، ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ. |
||
|
|
(ބ) |
ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލަށް ފެންނަނަމަ، ކައުންސިލުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެކަން ފާސްކޮށް، އެ ކަންކަން އިޞްލާޙުކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުޞަތެއް، ކައުންސިލުގެ ނައިބު ރައީސަށް ދޭންވާނެއެވެ. |
||
|
|
(ޅ) |
ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިޞްލާޙުކުރުމަށް މި މާއްދާގެ (ބ) ގެ ދަށުން ދެވޭ މުއްދަތު ހަމަވާއިރު، އެ މުއްދަތުގެ ތެރޭގައި އެ ކަންކަން އިޞްލާޙުކޮށްފައި ނުވާނަމަ، އެ މުއްދަތު ހަމަވާ ފަހުން އެންމެ އަވަހަށް ބާއްވާ ކައުންސިލުގެ އާންމު ބައްދަލުވުމުގައި، ނައިބު ރައީސްގެ އިތުބާރު އޮތްކަމަށް ނުވަތަ ނެތްކަމަށް ކައުންސިލުން ކަނޑައަޅައި ވޯޓެއް ނަގަންވާނެއެވެ. |
||
|
|
(ކ) |
ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިޞްލާޙު ކުރުމަށް ދެވޭ 30 (ތިރީސް) ދުވަހުގެ މުއްދަތަށްފަހު، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މަރުޙަލާ ފުރިހަމަކުރުމަށްފަހު ނޫނީ، ކައުންސިލުގެ ބައްދަލުވުމެއްގައި އެ ނޫން ކަމަކާމެދު މަޝްވަރާކޮށްގެން ނުވާނެއެވެ. |
||
|
|
(އ) |
ކައުންސިލުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނީ، މުޅި ކައުންސިލުގެ ޖުމުލަ އަޣުލަބިއްޔަތުން އެކަން ފާސްވުމުންނެވެ. |
||
|
|
(ވ) |
ކައުންސިލުގެ ނައިބު ރައީސް މަޤާމުން ވަކިކުރި ކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ. |
||
|
|
(މ) |
ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް ކައުންސިލުން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ، މި ގަވާއިދާއި، ގަވާއިދު ނަންބަރު 2021/R-143 )ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު( ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް ޓަކައި، ކައުންސިލުން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އަންނަނިވި ލިޔެކިޔުމާއެކު، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް، ކައުންސިލުން ފޮނުވަންވާނެއެވެ. |
||
|
|
|
(1) |
އިޞްލާޙު ކުރުމަށް ފުރުޞަތު ދެވުނު ބައްދަލުވުމާއި، އިތުބާރުނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ އެޖެންޑާ؛ |
|
|
|
|
(2) |
އިޞްލާޙު ކުރުމަށް ފުރުޞަތު ދެވުނު ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުން ބޭއްވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ބައްދަލުވުމުގެ އެޖެންޑާ ފޮނުވިކަން އެނގޭ ލިޔެކިޔުން؛ |
|
|
|
|
(3) |
އިޞްލާޙު ކުރުމަށް ފުރުޞަތު ދެވުނު ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ ޔައުމިއްޔާ؛ |
|
|
|
|
(4) |
އިޞްލާޙު ކުރުމަށް ފުރުޞަތު ދެވުނު ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ ނިންމުން އާންމުކުރިކަމުގެ ހެކި؛ |
|
|
|
|
(5) |
އިހުމާލުވި ކަންކަން ބަޔާންކޮށް ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅުނު ލިޔުންތައް؛ |
|
|
|
|
(6) |
އިޞްލާޙުކުރަންވީ ކަންކަމާއި، އެ ކަންކަން އިޞްލާޙު ކުރުމަށް ދެވޭ މުއްދަތު އަންގައި ނައިބު ރައީސަށް ހަވާލުކުރި ލިޔުމާއި، ލިޔުން ހަވާލުކުރި ތާރީޚު އެނގޭނެ ލިޔެކިޔުން؛ |
|
|
|
|
(7) |
ކަމާ ގުޅޭ އެހެނިހެން ލިޔެކިޔުން. |
|
|
|
(ފ) |
މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް އެހެން ލިޔުމެއް ނުވަތަ މަޢުލޫމާތެއް ހޯދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދިއްޖެނަމަ، އެ ލިޔުމެއް ނުވަތަ މަޢުލޫމާތެއް ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން ފޯރުކޮށްދޭންވާނެއެވެ. |
||
|
|
(ދ) |
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ރޫޙާ އެއްގޮތަށް ކައުންސިލު ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ، މި ގަވާއިދާއި، ގަވާއިދު ނަންބަރު 2021/R-143 )ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު( ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް ޓަކައި، ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުމުން، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ކަމުގައި ގޮތެއް ކަނޑައަޅައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލަށް އަންގަންވާނެއެވެ. |
||
|
|
(ތ) |
ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިތުބާރު ނެތްކަމުގެ ވޯޓު ކަށަވަރުކުރުމާ ހަމަޔަށް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ނައިބު ރައީސް، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވަގުތީގޮތުން ދުރުވާންވާނެއެވެ. |
||
|
|
(ލ) |
ކައުންސިލުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރަންވާނީ، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދާއި ލޯކަލް ކައުންސިލްތަކުގެ އާންމު ގަވާއިދުގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވައި، އޮތޯރިޓީން ވަކިގޮތެއް ކަނޑައެޅުމުންނެވެ. |
||
|
|
(ގ) |
އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކަމަށް އޮތޯރިޓީން ކަނޑައަޅައި ކައުންސިލަށް އެކަން އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުސްވެފައިވާ ކައުންސިލުގެ ނައިބު ރައީސްގެ މަޤާމަށް ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިންތިޚާބުކުރަން ވާނެއެވެ. އެ މުއްދަތުގައި އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރެވިފައި ނުވާނަމަ، އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރެވެންދެން، ކައުންސިލުގައި އެ ނޫން މައްސަލައަކާބެހޭ ގޮތުން މަޝްވަރާކޮށްގެން ނުވާނެއެވެ. |
||
|
|
(ޏ) |
މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، އިޞްލާޙުކުރަންވީ ކަންކަމާއި އެ ކަންކަން އިޞްލާޙު ކުރުމަށް ދެވޭ މުއްދަތު ކައުންސިލުގެ ނައިބު ރައީސަށް އެންގުނު ތާރީޚުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށެވެ. |
||
|
|
(ސ) |
ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިޞްލާޙު ކުރުމަށް ފުރުޞަތު ދިނުމަށް ފާސްކުރި ބައްދަލުވުމުގައި ކައުންސިލުގެ ނައިބު ރައީސް ބައިވެރިވެފައިވާނަމަ، އިޞްލާޙުކުރުމަށް އެންގުމަށް ބައްދަލުވުމުން ނިންމިކަން، ކައުންސިލުގެ ނައިބު ރައީސަށް އެންގުނުކަމަށް ބެލެވޭނެއެވެ. އަދި އެކަން ބަޔާންކޮށް އަލުން ލިޔުމުން އެންގުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ނައިބު ރައީސް ބައިވެރިވެފައި ނުވާނަމަ، ކައުންސިލުގެ ނިންމުން ލިޔުމުން ނައިބު ރައީސަށް އެންގުނުކަން ކައުންސިލުން ކަށަވަރުކުރަންވާނެއެވެ. އަދި އެ ހާލަތުގައި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، ކައުންސިލުގެ ނިންމުން ލިޔުމުން އެންގުނު ތާރީޚުން ފެށިގެންނެވެ. |
||
|
|
(ޑ) |
މި މާއްދާގެ (ސ) ގެ ދަށުން ނައިބު ރައީސަށް އަންގާ އެންގުމާ ހަވާލުވުމަށް ނައިބު ރައީސް އިންކާރުކުރާނަމަ، ލިޔުން ހަވާލުކުރަން މަސައްކަތްކުރުމުން ލިޔުމާ ހަވާލުވުމަށް އިންކާރުކުރިކަމަށް 2 (ދޭއް) ފަރާތަކުން ހެކިކޮށް ސޮއިކުރުވަން ވާނެއެވެ. މި ހާލަތުގައި ނައިބު ރައީސަށް ލިޔުމުން ހަވާލުކުރިކަމަށް ބަލައި، އެ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނޭނެއެވެ. |
||
ކައުންސިލުގެ ރައީސްގެ ވާޖިބުތައް |
ކައުންސިލުގެ ރައީސްގެ ވާޖިބުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. |
||||
|
(ހ) |
ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ޝާއިޢުކުރުމާއި ތަންފީޛުކުރުން. |
|||
|
|
(ށ) |
ކައުންސިލުގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން. |
||
|
|
(ނ) |
ކައުންސިލުގެ މަގުސަދުތައް ހާސިލުކުރުމަށް ކައުންސިލުން އެކަށައަޅާ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭނުގެ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތަށް އިދާރާގެ މަސައްކަތްތައް ބައްޓަންކުރުން. |
||
|
|
(ރ) |
ކައުންސިލުގެ މަޝްވަރާގެ މަތީން އިދާރާގެ އޮނިގަނޑު އެކުލަވައިލައި، ޑިވިޜަންތަކާއި ސެކްޝަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޛުކުރުން. |
||
|
|
(ބ) |
ކައުންސިލުގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން. |
||
|
|
(ޅ) |
ކައުންސިލުގެ ހަރަކާތްތައް ހިނގަމުންދަނީ ކައުންސިލުގެ މަގުސަދާ އެއްގޮތްވާ ގޮތުގެ މަތީންތޯ ބެލުން. |
||
|
|
(ކ) |
ކައުންސިލުން އެކުލަވައިލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އާންމުކުރަންޖެހޭ ނިންމުންތައް އާންމުކުރެވޭކަން ކަށަވަރުކުރުން. |
||
|
|
(އ) |
ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން. |
||
|
|
(ވ) |
ކައުންސިލް ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުން. |
||
|
|
(މ) |
ކައުންސިލުގެ މާލީ ޒިންމާތަކާއި ކައުންސިލުގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް، ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ) އެއްގޮތްވާ ގޮތުގެ މަތީން އަދާކުރަމުންދާކަން ކަށަވަރުކުރުން. |
||
|
|
(ފ) |
ކައުންސިލުގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން، ރައްޔިތުންނަށާއި މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން. |
||
|
|
(ދ) |
ޤައުމީ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސަކަތްކުރުން. |
||
|
|
(ތ) |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ ކަންކަން އިންތިޒާމުކޮށްދިނުން. |
||
|
|
)ލ) |
ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން. |
||
ކައުންސިލުގެ ނައިބު ރައީސްގެ ވާޖިބުތައް |
ކައުންސިލުގެ ނައިބު ރައީސްގެ ވާޖިބުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. |
||||
|
(ހ) |
ކައުންސިލުގެ މަސައްކަތާ ބެހޭގޮތުން ކައުންސިލުގެ ރައީސަށް އެހީތެރިވެދިނުން. |
|||
|
|
(ށ) |
ކައުންސިލުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަޤާމު ހުސްވެއްޖެ ހާލަތެއްގައި، ކައުންސިލުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން. |
||
|
|
(ނ) |
ކައުންސިލުގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން. |
||
|
|
(ރ) |
ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން. |
||
ކައުންސިލު މެންބަރުންގެ މަސްއޫލިއްޔަތުތައް |
ކައުންސިލުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. |
||||
|
(ހ) |
ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލުގެ ސަމާލުކަމަށް ގެނައުމާއި، އެ ކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން. |
|||
|
|
(ށ) |
ކައުންސިލުގެ ޖަލްސާތަކުގައި ބައިވެރިވުން. |
||
|
|
(ނ) |
ކައުންސިލުގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި މަސައްކަތްކުރުން. |
||
|
|
(ރ) |
ކައުންސިލުން އެކުލަވައިލަންޖެހޭ ޕްލޭންތަކާއި، އަހަރީ މަސައްކަތު ތާވަލާއި، އަހަރީ ބަޖެޓާއި، ސަޕްލިމެންޓްރީ ބަޖެޓު އެކުލަވައިލުމުގައި ޢަމަލީގޮތުން ބައިވެރިވުން. |
||
|
|
(ބ) |
ކައުންސިލުގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ރަށު ކައުންސިލުގެ ރައީސް ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން. |

ތިންވަނަ ބާބު ކައުންސިލުގެ ބައްދަލުވުން |
|||||
ކައުންސިލުގެ ބައްދަލުވުން |
ކައުންސިލުގެ ބައްދަލުވުންތައް ބެހިގެންވަނީ، އަންނަނިވި 2 (ދޭއް) ބާވަތުގެ މައްޗަށެވެ. |
||||
|
|
(ހ) |
ކައުންސިލުގެ އާންމު ބައްދަލުވުން. |
||
|
|
(ށ) |
ކައުންސިލުގެ ކުއްލި ބައްދަލުވުން. |
||
ބައްދަލުވުމުގެ ޤާނޫނީ އަދަދު |
(ހ) |
ކައުންސިލުގެ ބައްދަލުވުމެއް ބޭއްވޭނީ، ކައުންސިލުގެ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. |
|||
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑައިލުމުގެ ނުވަތަ އެހެން ވަގުތަކަށް ނުވަތަ އެހެން ދުވަހަކަށް ބައްދަލުވުން ފަސްކުރުމުގެ އިޚްތިޔާރު ކައުންސިލުގެ ރައީސަށް ނުވަތަ ކައުންސިލުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ ފަރާތަށް ލިބިގެންވެއެވެ. |
||
|
|
(ނ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ އަދަދު ހަމަނުވެގެން ބައްދަލުވުން މެދުކަނޑައިލުމަށް ނުވަތަ ފަސްކުރުމަށް ނުވަތަ ބައްދަލުވުން ނުބޭއްވުމަށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޔާސަތުން ނިންމައިފިނަމަ، އެކަން ޔައުމިއްޔާ ކުރަންވާނެއެވެ. |
||
ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުން |
(ހ) |
ކައުންސިލުގެ މެންބަރުން އެއްތަނަކަށް ޖަމާކޮށްގެން ބައްދަލުވުންތައް ބޭއްވެން ނެތް ހާލަތުގައި ނުވަތަ ބައްދަލުވުމުގެ ޤާނޫނީ އަދަދު ހަމަނުވާ ހާލަތުގައި، މެންބަރުން އެއްތަނަކަށް ޖަމާކުރުމުގެ ބަދަލުގައި ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގެ އިޚްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ. |
|||
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުން ބޭއްވިކަމުގައި ވިޔަސް، އެ ބައްދަލުވުމެއްގެ ބާވަތަށް ބަލައި، އެ ބައްދަލުވުމަކާ ގުޅޭގޮތުން މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރަން ޖެހޭނެއެވެ. |
||
|
|
(ނ) |
މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތީން، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ބާއްވާ ބައްދަލުވުންތަކުގައި ވޯޓު ދިނުމުގައްޔާއި ބައްދަލުވުމުގައި މެންބަރުން ބައިވެރިވުމުގައްޔާއި ބައްދަލުވުން ކުރިޔަށް ގެންދިއުމުގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ. |
||
|
|
|
(1) |
ބައްދަލުވުމުގައި ކޮންމެ މެންބަރަކުވެސް ބައިވެރިވާންވާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންކުރެވޭ ޒަމާނީ މުއާޞަލާތީ ވަސީލަތް ނުވަތަ އެޕްލިކޭޝަނެއްގައި އެ މެންބަރަކަށް ޚާއްޞަކޮށްގެން ކައުންސިލުގެ އިދާރާއިން ކަނޑައަޅައިފައިވާ ވަކި ލޮގިންއެއް ނުވަތަ ލިންކެއް ނުވަތަ ނުވަތަ އައިޑީއެއް މެދުވެރިކޮށްގެންނެވެ. |
|
|
|
|
(2) |
އެ ފަދަ ވަސީލަތެއް ނުވަތަ އެޕްލިކޭޝަނެއްގައި ކަނޑައަޅައިފައިވާ ލޮގިން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި ނުވަތަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވޯޓު ދިން ގޮތުގެ ތަފުސީލާއި އެހެނިހެން މަޢުލޫމާތު ކައުންސިލުގެ އިދާރާއިން ރިކޯޑުކުރަން ވާނެއެވެ. |
|
|
|
|
(3) |
ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބޭއްވޭ ބައްދަލުވުންތަކުގައި ވޯޓު ދޭއިރު ބަހުސްކުރެވި ވޯޓަށް އަހާ މައްސަލަތަކުގައި ވޯޓު ދޭންވާނީ އަތް މައްޗަށް އުފުލުމާއެކު އަނގަބަހުން އޯޑިއޯ/ވީޑިއޯއިން ވެސް ސާފުވާނެ ގޮތަށް އެ މައްސަލައެއްގައި އެ މެންބަރަކު ވޯޓު ދޭ ގޮތް ހާމަކުރުމާއެކުގައެވެ. ނުވަތަ ބައްދަލުވުން ބޭއްވުމަށް ބޭނުންކުރެވޭ ޒަމާނީ މުއާޞަލާތީ ވަސީލަތުގައި ނުވަތަ އެޕްލިކޭޝަނުގައި އެ މެންބަރަކަށް ކަނޑައެޅިފައިވާ ލޮގިން މެދުވެރިކޮށް ވަކި ގޮތަކަށް ވޯޓު ދެވޭނެ ފަދަ ގޮތެއް ކަނޑައެޅިފައިވާނަމަ އެގޮތަށް ވެސް ވޯޓު ދެވިދާނެއެވެ. |
|
|
|
|
(4) |
މި އަކުރުގެ 3 ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ސިއްރު ވޯޓެއް ނެގުމަށް މި ގަވާއިދު ލާޒިމުކުރާ ހާލަތުގައި، ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތީން މެނުވީ، ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބޭއްވޭ ބައްދަލުވުމެއްގައި، ސިއްރު ވޯޓެއް ނަގައިގެން ނުވާނެއެވެ. |
|
|
|
|
(5) |
ކައުންސިލުގެ ބައްދަލުވުމުގެ ބޭނުމަށް އޮންލައިންކޮށް ނުވަތަ ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މެންބަރުން ސޮއިކުރަންޖެހޭ އެއްވެސް ލިޔެކިޔުމެއް ވާނަމަ، އެ މެންބަރެއްގެ "ޑިޖިޓަލް ސިގްނޭޗަރ" އެ ލިޔެކިޔުމެއްގައި ކުރެވިދާނެއެވެ. އެގޮތުން، ބައްދަލުވުމުގެ ލިޔެކިޔުންތަކުގައި ކައުންސިލަރުންގެ ސޮއި ކުރުވޭކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަށަވަރުކުރަން ވާނެއެވެ. |
|
|
|
|
(6) |
ޒަމާނީ މުއާޞަލާތީ ވަސީލަތް ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވުމަށް ކައުންސިލުގެ އިދާރާއިން ކައުންސިލަރުންނަށް ދޭ ލޮގިން ނުވަތަ ލިންކު ނުވަތަ އައިޑީ، އެހެން ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ. |
|
|
|
(ރ) |
މި މާއްދާގެ ބޭނުމަށް ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގައި ބޭނުންކުރެވޭނެ އެޕްލިކޭޝަންތަކާއި ގޮތްތައް ކައުންސިލުން ކަނޑައަޅަންވާނެއެވެ. |
||
|
|
(ބ) |
ބައްދަލުވުމުގައި ނެގޭ ވޯޓެއްގެ ސިއްރުކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ އިލެކްޓްރޯނިކް ޛަރީޢާތައް މެދުވެރިކޮށް ނެގޭ ވޯޓުގެ ސިއްރު ހިފެހެއްޓޭފަދަ ގޮތަކަށް ބައްދަލުވުން އިންތިޒާމުކުރެވޭތޯ ކައުންސިލުން ޔަގީންކުރަންވާނެއެވެ. އަދި އެފަދައިން ވޯޓުގެ ސިއްރުކަން ޔަގީން ނުކުރެވޭނަމަ، ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމެއްގައި، ސިއްރު ހިފަހައްޓަންޖެހޭ ވޯޓެއް ނަގައިގެން ނުވާނެއެވެ. |
||
|
|
(ޅ) |
ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމުގައި މެންބަރުން މަޝްވަރާކުރާ ސިއްރު މަޢުލޫމާތު ކައުންސިލުން ބޭރު ފަރާތްތަކަށް ހާމަކޮށްގެން ނުވާނެއެވެ. އަދި އެފަދަ ބައްދަލުވުމެއްގައި ބައިވެރިވާ ފަރާތްތަކުން ބައިވެރިވާންވާނީ، ބައްދަލުވުމުގައި ހިއްސާކުރާ މަޢުލޫމާތެއްގެ ސިއްރު ހިފެހެއްޓޭފަދަ މާޙައުލަކުންނެވެ. |
||
ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުން |
(ހ) |
ކައުންސިލުގެ ބައްދަލުވުންތަކަކީ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުންތަކެކެވެ. |
|||
|
(ށ) |
ކައުންސިލުގެ ބައްދަލުވުމުގެ އަޑުއަހަން ވަންނަ އެއްވެސް ފަރާތަކަށް ކައުންސިލުގެ ބައްދަލުވުމުގައި އެއްވެސް ވާހަކައެއް ދެއްކުމާއި، ބަހުސްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. |
|||
|
|
(ނ) |
ބައްދަލުވުން އަޑުއަހަން ވަންނަ އެއްވެސް ފަރާތަކުން، ބައްދަލުވުން ކުރިޔަށް ގެންދިއުމަށް ދަތިވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ޢަމަލެއް ހިންގި ކޮންމެ މީހަކު، ބައްދަލުވުން ބާއްވާ މާލަމުން ވަގުތުން ބޭރުކުރުމާއި، އޭގެ ފަހުގެ އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް، ނުވަތަ ވަކި މުއްދަތަކަށް އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް ނިންމުމުގެ އިޚްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ. |
||
|
|
(ރ) |
ކައުންސިލުގެ ބައްދަލުވުންތަކުގައި، ކައުންސިލުގެ މެންބަރުންގެ އިތުރަށް ކައުންސިލުގައި އެޖެންޑާކުރެވިފައިވާ ކަމަކާ ގުޅިގެން އެ ފަރާތެއްގެ މަޢުލޫމާތު ނުވަތަ މަޝްވަރާ ކައުންސިލަށް ދެވިދާނެ އެކިއެކި ފަރާތްތަކަށް، ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދަޢުވަތުދިނުމުގެ ބާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ. ނަމަވެސް، މިގޮތަށް މަޝްވަރާއާއި މަޢުލޫމާތު ހޯދުމަށް ކައުންސިލުގެ ޖަލްސާގައި ބައިވެރިވުމަށް ދަޢުވަތުދެވޭ ފަރާތްތަކަށް ކައުންސިލުގެ ޖަލްސާގައި ވޯޓެއް ނުދެވޭނެއެވެ. |
||
ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާ ދުވަސް
|
(ހ) |
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކައުންސިލުގެ ތާވަލުކުރެވިފައިވާ އާންމު ބައްދަލުވުމެއް، ކޮންމެ ހަފުތާއަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ. އާންމުކޮށް ބައްދަލުވުން ބާއްވާނީ، ހަފުތާގެ އަންގާރަ ދުވަހުއެވެ. އަދި އެއްވެސް ސަބަބަކާހުރެ، ތާވަލު ކުރެވިފައިވާ ބައްދަލުވުން ނުބޭއްވިއްޖެނަމަ، ޖެހިގެން އަންނަ ރަސްމީ ދުވަހު އެ ބައްދަލުވުން ބާއްވަންވާނެއެވެ. |
|||
|
|
(ށ) |
މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ރައީސަށް ނުވަތަ ކައުންސިލުގެ މެންބަރުންގެ އަޣުލަބިއްޔަތަށް ފެނިއްޖެނަމަ، ހަފުތާއަކު 1 (އެކެއް) އާންމު ބައްދަލުވުމަށް ވުރެ ގިނަ އާންމު ބައްދަލުވުން ބޭއްވުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. |
||
ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ |
(ހ) |
ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހައި ހިނދަކު، ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާނީ، ކައުންސިލުގެ އިދާރާގައެވެ. ބައްދަލުވުމުގެ ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، ކައުންސިލުގެ ރައީސެވެ. |
|||
|
(ށ) |
ކައުންސިލުގެ އާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 2 (ދޭއް) ދުވަހުގެ ކުރިން، ކައުންސިލުގެ ރައީސް، ލިޔުމުން ކައުންސިލުގެ މެންބަރުންނަށް ފޮނުވަންވާނެއެވެ. |
|||
|
|
(ނ) |
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުގެ އާންމު ބައްދަލުވުމުގެ އެޖެންޑާ، ބައްދަލުވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ފޮނުވި ގޮތުގެ ރިކޯޑުތައް، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ބަލަހައްޓަންވާނެއެވެ. |
||
ކައުންސިލުގެ އާންމު ބައްދަލުވުމުގެ އެޖެންޑާ |
(ހ) |
ކައުންސިލަށް ހުށަހެޅޭ ހުރިހާ ކަމެއް، އެ ހުށަހެޅޭ ތަރުތީބުން، ކައުންސިލުގެ ރައީސް އެޖެންޑާ ކުރަންވާނެއެވެ. |
|||
|
|
(ށ) |
ކައުންސިލުގެ މެންބަރަކު ޖަލްސާގެ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާނަމަ، އާންމު ބައްދަލުވުން ތާވަލުކުރެވިފައިވާ ދުވަހުގެ 3 (ތިނެއް) ދުވަހުގެ ކުރިން، ލިޔުމަކުން ކައުންސިލުގެ ރައީސަށް އަންގަންވާނެއެވެ. |
||
|
|
(ނ) |
ކައުންސިލުގެ ދާއިރާގެ ރައްޔިތަކު ނުވަތަ އަމިއްލަ ފަރާތަކުން، ކައުންސިލަށް ވަކިކަމެއް ހުށަހަޅަން ބޭނުންވާނަމަ، އެ ކަމެއް ކައުންސިލުގެ އިދާރާ މެދުވެރިކޮށް ކައުންސިލަށް ހުށަހެޅިދާނެއެވެ. |
||
|
|
(ރ) |
ކައުންސިލުގެ އާންމު ބައްދަލުވުމެއްގެ އެޖެންޑާގައި ހިމެނުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ ވެސް، ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކައުންސިލަށް ބެލުމުގެ އިޚްތިޔާރާއި ބާރު އޮތް މައްސަލައަކަށް ވާންވާނެއެވެ. |
||
ކައުންސިލުގެ ކުއްލި ބައްދަލުވުން |
އަންނަނިވި ހާލަތުންކުރެ ހާލަތެއްގައި، ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަންވާނެއެވެ. |
||||
|
(ހ) |
ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، މަދުވެގެން ކައުންސިލުގެ ތިންބައިކުޅަ އެއްބައި މެންބަރުން އެދުން. |
|||
|
|
(ށ) |
ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދުން. |
||
|
|
(ނ) |
ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް، އެ ކައުންސިލެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެދުމުން، އެފަދަ ޖަލްސާއެއް ބާއްވަން ކައުންސިލުގެ ރައީސަށް ފެނުން. |
||
|
|
(ރ) |
އެކަށީގެންވާ ސަބަބަކާހުރެ ކައުންސިލުގެ ރައީސަށް މިފަދަ ބައްދަލުވުމެއް ބާއްވަން ފެނުން. |
||
ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހުށަހެޅުން |
ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުމުގައި، އެ ޖަލްސާއެއް ބާއްވަން ބޭނުންވާ ސަބަބާއި ތާރީޚު، ކައުންސިލުގެ ރައީސަށް ލިޔުމުން ހުށަހަޅަންވާނެއެވެ. |
||||
ކައުންސިލުގެ ކުއްލި ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ |
(ހ) |
މި ގަވާއިދުގައިވާ ގޮތުގެ މަތީން، ކައުންސިލުން ބާއްވާ ކުއްލި ބައްދަލުވުން ބާއްވާނެ ތަނާއި ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ހުށަހެޅި ފަރާތަކުން ލިޔުމުން ހުށަހަޅައިފައިވާ ހުށަހެޅުމާ އެއްގޮތްވާ ގޮތުގެ މަތީން، ކައުންސިލުގެ ރައީސެވެ. |
|||
|
|
(ށ) |
ކައުންސިލުގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ކައުންސިލުގެ ރައީސް ކަނޑައަޅާ ތަނާއި ގަޑިއާއި އެޖެންޑާ، ވީ އެންމެ އަވަހަކަށް، ކައުންސިލުގެ ރައީސް، ކައުންސިލުގެ މެންބަރުންނަށް ލިޔުމުން ފޮނުވަންވާނެއެވެ. |
||
ކުއްލި ބައްދަލުވުމެއްގައި ނުނިންމޭނެ ކަންތައްތައް |
އަންނަނިވި ކަންކަމުން ކުރެ ކަމެއް، ކައުންސިލުގެ ކުއްލި ބައްދަލުވުމެއްގައި ނިންމައިގެން ނުވާނެއެވެ. |
||||
|
|
(ހ) |
ނައިބު ރައީސްގެ މަޤާމަށް މެންބަރަކު ހޮވުމާއި، ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން. |
||
|
|
(ށ) |
ކައުންސިލުގެ ގަވާއިދުތަކާ އުސޫލުތަކަށް އެއްވެސް އުނިއިތުރެއް ގެނައުން. |
||
|
|
(ނ) |
ދަރަންޏަށް ޒިންމާވާ ގޮތަށް އެއްވެސް ލޯނެއް ނެގުން ނުވަތަ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ހިންގުމަށް ފާސްކުރުން. |
||
|
|
(ރ) |
ކައުންސިލުގެ ބަޖެޓު ކަނޑައެޅުމާއި، ބަޖެޓު ފާސްކުރުން. |
||
|
|
(ބ) |
ކައުންސިލުގެ ޕްލޭންތައް އެކުލަވައިލުމާއި ފާސްކުރުން. |
||
|
|
(ޅ) |
ކައުންސިލުގެ އިދާރީ މުވައްޒަފަކާމެދު އެއްވެސް ފިޔަވަޅެއް އެޅުން. |
||
ބައްދަލުވުމަށް ހާޒިރުވުން |
(ހ) |
ދިމާވާ މުހިންމު ސަބަބަކާހުރެ ކައުންސިލުގެ ބައްދަލުވުމަކަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމައިފައިވާ ކަމެއް ކުރުމަށް މެންބަރަކު ހާޒިރުވުމަށް އުޒުރުވެރިވާނަމަ، ވީ އެންމެ އަވަސް ފުރުޞަތެއްގައި، ކައުންސިލުގެ ރައީސަށް އެކަން އަންގަންވާނެއެވެ. |
|||
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކައުންސިލުގެ ބައްދަލުވުމަކަށް ނުވަތަ މަސައްކަތެއް ކުރުމަށް ބާއްވާ ބައްދަލުވުމަކަށް ސަލާމް ބުނާ މެންބަރަކު، އެ ބައްދަލުވުމެއް ނުވަތަ އެ ކޮމިޓީގެ ޔައުމިއްޔާއާއި ހާޒިރީގައި ފާހަގަކުރާނީ ސަލާމުގައި ހުރި މެންބަރެއްގެ ގޮތުގައެވެ. |
||
|
|
(ނ) |
މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކައުންސިލުގެ ރައީސަށް ނާންގައި، ނުވަތަ މި ގަވާއިދުގައިވާ ގޮތުގެ މަތީން ޗުއްޓީ ނުނަގައި، މެންބަރަކު ކައުންސިލުގެ ބައްދަލުވުމަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމާ ކަންތައްތައް ކުރުމަށް ހާޒިރުނުވެ ހުރެގެން ނުވާނެއެވެ. |
||
|
|
(ރ) |
ޗުއްޓީގައި ހުންނަ ކައުންސިލަރަކަށް ކައުންސިލުގެ އެދުމުގެ މަތިން ނުވަތަ އެ ކައުންސިލަރެއްގެ އެދުމުގެ މަތީން ކައުންސިލުގެ ޖަލްސާގައި ބައިވެރިވެވިދާނެއެވެ. |
||
|
|
(ބ) |
ބައްދަލުވުންތަކަށް ހާޒިރުނުވުމުގެ ސަބަބުން ނުވަތަ ކައުންސިލުގެ މަސްއޫލިއްޔަތު އަދާނުކުރުމުގެ ސަބަބުން ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ހުރަސްއެޅޭކަމަށް އެ ކައުންސިލަކަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، އެ ކައުންސިލަރަކާމެދު، ތިރީގައިވާ ގޮތުގެ މަތީން ކައުންސިލުން ޢަމަލުކުރަންވާނެއެވެ. |
||
|
|
|
(1) |
މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކާ ޚިލާފަށް ކައުންސިލަރަކު ވިދިވިދިގެން ކައުންސިލުގެ 2 (ދޭއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ، އެ ކައުންސިލުން ނަސޭހަތްދިނުން؛ |
|
|
|
|
(2) |
މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަކާ ޚިލާފަށް ކައުންސިލަރަކު ވިދިވިދިގެން ކައުންސިލުގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ، ނުވަތަ މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައިވާ ކަންތައް ތަކުރާރުވާނަމަ، އެ ކައުންސިލަކުން ލިޔުމުން އެކަން ހަނދާންކޮށްދީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެންގުން. |
|
ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން
|
(ހ) |
ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ނައިބު ރައީސެވެ. ކައުންސިލުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލް ހިންގުމާ ހަވާލުވެހުރި މެންބަރެކެވެ. |
|||
|
|
(ށ) |
ކައުންސިލުގެ ރައީސާއި ނައިބު ރައީސް އެއްފަހަރާ ކައުންސިލުގެ ހިންގުމާ އެކަހެރިވާންވާނީ، ކައުންސިލުގެ ޖަލްސާއެއް ބާއްވައި، ކައުންސިލާ ހަވާލުވާނޭ މެންބަރަކު، މެންބަރުންގެ ތެރެއިން ޢައްޔަނު ކުރުމަށްފަހުގައެވެ. |
||
|
|
(ނ) |
ނައިބު ރައީސް ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަމުން ދަނިކޮށް ކައުންސިލުގެ ރައީސް ބައްދަލުވުމުގައި ބައިވެރިވެއްޖެނަމަ، ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލް ހިންގާނެ މެންބަރަކު ޢައްޔަނުކޮށް ކައުންސިލުގެ ބައްދަލުވުމެއް ކުރިޔަށް ދަނިކޮށް، ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ބައްދަލުވުމުގައި ބައިވެރިވެއްޖެނަމަ، އެ ވަގުތުން ފެށިގެން މި މާއްދާގެ (ހ) އަށް ޢަމަލުކުރަން ވާނެއެވެ. |
||
ކައުންސިލުގެ ބައްދަލުވުންތައް ފެށުމާއި ނިންމުން |
(ހ) |
މި ގަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލުން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ފެށުމާއި ނިންމުން ބައްދަލުވުމުގެ ރިޔާސަތުން އިޢުލާނުކުރަންވާނެއެވެ. މިގޮތުން، ބައްދަލުވުން ފަށަމުން "بسم اﷲ الرحمن الرحيم، الحمد لله، والصلاة والسلام على رسول اﷲ، وعلى آله وصحبه ومن والاہ. ކައުންސިލުގެ ބައްދަލުވުން ފެށުނީ" މިގޮތަށް، އަދި ބައްދަލުވުން ނިންމަމުން "والحمد لله رب العالمين. ކައުންސިލުގެ ބައްދަލުވުން ނިމުނީ" މި ގޮތަށް ބައްދަލުވުމުގެ ރިޔާސަތުން އިޢުލާނުކުރަންވާނެއެވެ. |
|||
|
|
(ށ) |
ބައްދަލުވުން ބޭއްވުމަށް ކަނޑައަޅައިފައިވާ ގަޑިޖެހުމުން، އެ ބައްދަލުވުމުގެ ޤާނޫނީ އަދަދު ހަމަވޭތޯ ރިޔާސަތުން ބަލަންވާނެއެވެ. ޤާނޫނީ އަދަދު ހަމަވާނަމަ، މެންބަރުންގެ އަދަދު ރިޔާސަތުން އިޢުލާނުކުރުމަށްފަހު ބައްދަލުވުން ފަށާނީއެވެ. ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑިޖެހޭއިރު ޤާނޫނީ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވޭތޯ 15 (ފަނަރަ) މިނިޓު ބަލަންވާނެއެވެ. މި ވަގުތު ފަހަނަޅައިދިއުމުން ވެސް ޤާނޫނީ އަދަދު ހަމަނުވާނަމަ، އެކަން ރިޔާސަތުން އިޢުލާނު ކުރަންވާނެއެވެ. |
||
އެޖެންޑާ އިއްވުމާއި ފާސްކުރުން |
(ހ) |
ބައްދަލުވުން ފެށުމަށްފަހު، އެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެޖެންޑާ ރިޔާސަތުން އިއްވަންވާނެއެވެ. މިގޮތުގެ މަތީން ރިޔާސަތުން އެޖެންޑާ އިއްވުމުން، ކައުންސިލުން އެ އެޖެންޑާ ފާސްކުރަންވާނެއެވެ. |
|||
|
|
(ށ) |
އެޖެންޑާގެ ތަރުތީބަށް ބަދަލު ގެނައުމަށް ކައުންސިލުގެ ބައްދަލުވުމުން ފާސްކުރެވިދާނެއެވެ. |
||
|
|
(ނ) |
އާންމު ބައްދަލުވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ފޮނުވި އެޖެންޑާގައި ނުހިމެނޭ ކަމެއް، އާންމު ބައްދަލުވުމުގެ އެޖެންޑާއަށް އިތުރެއް ނުކުރެވޭނެއެވެ. އަދި އެޖެންޑާގައި ހިމެނޭ ކަމެއް އެޖެންޑާއިން އުނިކޮށްގެން ވެސް ނުވާނެއެވެ. |
||
އެޖެންޑާއާއި ބައްދަލުވުން އެއްގޮތަށް ކުރިޔަށް ގެންގޮސް ބަހުސަށް ހުޅުވައިލުން |
(ހ) |
ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށްފަހު، އެ އެޖެންޑާގައި ކަނޑައެޅިފައިވާ ތަރުތީބުން، އެޖެންޑާގައި ހިމަނައިފައިވާ ކަންކަން، ރިޔާސަތުން ކަނޑައަޅާ ގޮތެއްގެ މަތީން ބައްދަލުވުމަށް ހުށަހަޅައި، އެކަމަކާ ބެހޭގޮތުން ބަހުސްކުރުމުގެ ފުރުޞަތު ބައްދަލުވުމުގެ ރިޔާސަތުން ހުޅުވައިލަންވާނެއެވެ. |
|||
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހުސްގެ ފުރުޞަތު ހުޅުވައިލުމުގައި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މުޅި ބަހުސަށް ދެވޭނެ ޖުމުލަ ވަގުތާއި، ކޮންމެ މެންބަރަކަށް ދެވޭ ފުރުޞަތުގެ ދިގުމިން ކަނޑައެޅުމުގެ އިޚްތިޔާރު ބައްދަލުވުމުގެ ރިޔާސަތަށް ލިބިގެންވެއެވެ. މިގޮތުގެ މަތީން ފުރުޞަތުގެ ދިގުމިން ކަނޑައަޅަން ރިޔާސަތުން ނިންމައިފިނަމަ، ބަހުސްގެ ޖުމުލަ ދިގުމިނާއި، ކޮންމެ މެންބަރަކަށް ލިބޭނެ ފުރުޞަތުގެ ދިގުމިން، ބަހުސް ފެށުމުގެ ކުރިން ރިޔާސަތުން އިޢުލާނު ކުރަންވާނެއެވެ. މިގޮތަށް މެންބަރުންނަށް ފުރުޞަތު ދޭންވާނީ، ހަމަހަމަ އުސޫލަކުންނެވެ. |
||
ބައްދަލުވުމުގައި ވާހަކަދެއްކުމަށް ފުރުޞަތަށް އެދުން |
(ހ) |
މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހުސަށް ހުޅުވައިލުމުން، އެ ބައްދަލުވުމަކަށް ހުށަހެޅިފައިވާ މައްސަލައިގެ ބަހުސުގައި ބައިވެރިވާން ބޭނުންވާ މެންބަރުން، އަތް އުފުލައިގެން ރިޔާސަތަށް އެކަމަށް އެދޭނީއެވެ. |
|||
|
|
(ށ) |
ބަހުސްގައި ބައިވެރިވުމަށް ފުރުޞަތަށް އެދޭ މެންބަރުންނަށް، އެ ބަހުސަކަށް ކަނޑައެޅިފައިވާ ވަގުތު ހަމަވަންދެން، ނުވަތަ ބަހުސް އެއްކޮށް ނިމެންދެން، ފުރުޞަތަށް މެންބަރުން އެދުނު ތަރުތީބުކަމަށް ރިޔާސަތަށް ނޯޓުކުރެވިފައިވާ ތަރުތީބުން ފުރުޞަތު ދޭންވާނެއެވެ. |
||
ބަހުސްގައި ވާހަކަ ދެއްކުމުގެ އަދަބުތައް |
ކައުންސިލުގެ ބައްދަލުވުންތަކުގައި ވާހަކަދެއްކުމުގައި، ކޮންމެ މެންބަރަކު ވެސް، އަންނަނިވި އުސޫލުތަކަށް ތަބާވާންވާނެއެވެ. |
||||
|
|
(ހ) |
މެންބަރަކު ވާހަކަދައްކަމުންދާ ވަގުތު އޭނާއާއި ރިޔާސަތާ ދެމެދު އެއްވެސް ހުރަހެއް ނުހުރުމާއި، މެންބަރަކު ވެސް އެ ދެމެދަށް ހުރަސް ނޭޅުން. |
||
|
|
(ށ) |
ހުށަހަޅައިފައިވާ މައްސަލައެއްގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުން. |
||
|
|
(ނ) |
އިސްލާމްދީނުގެ އަސްލުތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުނުވެ، ވާހަކަދެއްކުމުގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތައިގެން، ކައުންސިލާއި ކައުންސިލުގެ އެއްވެސް މެންބަރެއްގެ ޢިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނޭ ގޮތުގެ މަތީން ވާހަކަދެއްކުން. |
||
ބަހުސް ނިންމުން |
(ހ) |
ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅި ބަހުސްކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމުމުން ނުވަތަ ބަހުސަށް ކަނޑައެޅިފައިވާ ޖުމުލަ ވަގުތު ހަމަވުމުން، އެ ބަހުސްކުރެވުނު މައްސަލައެއް ހުށަހެޅި މެންބަރަކަށް، ޖަވާބުދާރީވުމަށާއި ފަހުބަސް ބުނުމަށް، މަދުވެގެން 3 (ތިނެއް) މިނިޓު ދޭންވާނެއެވެ. |
|||
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މައްސަލަ ހުށަހެޅި މެންބަރަށް ފަހުބަސް ބުނުމުގެ ފުރުޞަތު ރިޔާސަތުން ދިނުމާއެކު، މުޅި ބަހުސާ ގުޅިގެން ނިންމި ނިންމުން ރިޔާސަތުން އިޢުލާނުކުރުމުން، އެ މައްސަލައެއްގެ ބަހުސް ނިމުނީއެވެ. |
||
މައްސަލައާ ގުޅޭގޮތުން ހުށަހަޅާ ކަންކަން |
(ހ) |
ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅި ބަހުސް ކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމުމުން، މައްސަލައާ މެދު ޢަމަލުކުރަން ފެންނަ ގޮތްތައް ހުށަހެޅުމަށް ބައްދަލުވުމުގެ ރިޔާސަތުން ހުޅުވައިލަންވާނެއެވެ. އަދި އެފަދައިން ފުރުޞަތަށް އެދުމާއި ފުރުޞަތު ދިނުމުގައި ޢަމަލުކުރަންވާނީ، މި ގަވާއިދުގެ 31 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ. |
|||
|
|
(ށ) |
މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ބަހުސްގެ މަރުޙަލާގެ ތެރެއިން، މައްސަލައާ މެދު ޢަމަލުކުރުމަށް ފެންނަ ގޮތް ހުށަހެޅުމުގެ އިޚްތިޔާރު ކައުންސިލަރުންނަށް ލިބިގެންވެއެވެ. |
||
ވާހަކައިގެ މެދުތެރެއިން ހުއްޓައިލަންޖެހުން |
މެންބަރަކު ވާހަކަދައްކަމުން ދަނިކޮށް، އަންނަނިވި ކަންކަމުން ކުރެ ކަމެއް ދިމާވެއްޖެނަމަ، އެ މެންބަރަކު ދައްކަމުންދިޔަ ވާހަކަ ހުއްޓައިލަންވާނެއެވެ. |
||||
|
|
(ހ) |
މެންބަރަކު ދައްކާ ވާހަކައަކީ، އިސްލާމްދީނުގެ އަސްލުތަކާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވާ ގޮތަށް ދައްކާ ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން. |
||
|
|
(ށ) |
މެންބަރަކު ވާހަކަދައްކަނީ ކައުންސިލުގައި ވާހަކަދެއްކުމުގެ އަދަބުތައް ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ތަޢާރުޟުވާ ގޮތަށްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން. |
||
|
|
(ނ) |
މެންބަރަކު ދައްކާ ވާހަކައަކީ އެޖެންޑާގައި ހިމެނިގެންވާ ކަމަކާ ގުޅުމެއް ނެތް ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން. |
||
ވާހަކަ ހުއްޓައިލަން އެންގި ސަބަބު ބަޔާންކުރުން |
މެންބަރެއްގެ ވާހަކަ ހުއްޓައިލުމަށް ރިޔާސަތުން އަންގައިފިނަމަ، އެ ވާހަކައެއް ހުއްޓައިލުމަށް އަންގާ ސަބަބު، ރިޔާސަތުން ސާފުކޮށް ބަޔާންކުރަންވާނެއެވެ. |
||||
ކައުންސިލުގެ ބައްދަލުވުމެއްގައި ކުރުން ހުއްދަ ނޫން ކަންކަން |
ކައުންސިލުގެ އެއްވެސް ބައްދަލުވުމެއްގައި، ކައުންސިލުގެ މެންބަރަކު، އަންނަނިވި ކަންކަމުންކުރެ ކަމެއް ކޮށްގެން ނުވާނެއެވެ. |
||||
|
(ހ) |
މެންބަރަކު ވާހަކަދައްކަމުން ގެންދާއިރު އޭނާއަށް އުނދަގޫވާފަދަ އެއްވެސް ކަމެއް ކުރުން. |
|||
|
|
(ށ) |
ބައްދަލުވުން ހިނގަމުންދާއިރު، ކައުންސިލުގެ ޙުރުމަތް ކެނޑޭފަދަގޮތަކަށް، ނޫސް މަޖައްލާ ފަދަ ތަކެތި ކިޔުމާއި، އެހެނިހެން މެންބަރުންނާ ވާހަކަދައްކައި ހެދުމާއި، ބައްދަލުވުމުގެ އަޑުއެހުމަށް އައިސްތިބޭ މީހުންނަށް އިޝާރާތްކޮށް މުޢާމަލާތުކޮށްހެދުން. |
||
|
|
(ނ) |
ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ކައުންސިލުގެ ބޭނުމަށް ފިޔަވައި، ކެސެޓް ރެކޯޑަރ ނުވަތަ ޓޭޕް ރެކޯޑަރ ނުވަތަ ކެމެރާ ނުވަތަ މަންޒަރު ނުވަތަ އަޑު ރިކޯޑުކުރެވިދާނެ އެނޫންވެސް އެއްޗެހި ކައުންސިލުގެ ބައްދަލުވުންތަކުގައި ބޭނުންކުރުން. |
||
|
|
(ރ) |
މެންބަރަކު ވާހަކަދައްކަމުން ގެންދަނިކޮށް، އެ މެންބަރަކާ ރިޔާސަތާ ދެމެދު ހުރަސް އެޅުން. |
||
|
|
(ބ) |
ބައްދަލުވުމުގެ ތެރޭގައި މޯބައިލް ފޯނުން ފޯނު ކުރުމާއި، ފޮޓޯއާއި ވީޑިއޯ ނެގުމާއި، އަޑު ރިކޯޑުކުރުން. |
||
ކައުންސިލުން ކަމެއް ނިންމުން |
(ހ) |
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅޭ ކަންކަން ނިންމޭނީ، ކައުންސިލުގެ ބައްދަލުވުމަކަށް އެ ކަމެއް ހުށަހެޅި، އެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. |
|||
|
|
(ށ) |
މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުން ކުރެ ކަމެއް ފާސްކުރެވޭނީ، މުޅި ކައުންސިލުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. |
||
|
|
|
(1) |
ކައުންސިލުގެ ނައިބު ރައީސް މަޤާމުން ދުރުކުރުން؛ |
|
|
|
|
(2) |
އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގައި ނުވަތަ ވިޔަފާރި ކުންފުންޏެއްގައި ބައިވެރިވުން ނުވަތަ އިންވެސްޓުކުރުން. |
|
|
|
(ނ) |
މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުން ކުރެ ކަމެއް ފާސްކުރެވޭނީ، މުޅި ކައުންސިލުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ. |
||
|
|
|
(1) |
އާންމު ތަންތަނަށް ދީފައިވާ ނަން ބަދަލުކުރުން؛ |
|
|
|
|
(2) |
ރަށްރަށުގެ މަގާއި ޕާކުތަކާއި މައިޒާން ފަދަ އާންމު ތަންތަން ދާއިމީ ގޮތުގައި ބަންދުކުރުން؛ |
|
|
|
|
(3) |
ކައުންސިލުން ހޯދާ އުފުލޭ އަދި ނުއުފުލޭ މުދަލެއް ނައްތައިލުން ނުވަތަ އެފަދަ މުދަލެއް އެހެން ފަރާތްތަކަށް ދިނުން ނުވަތަ ވިއްކުން؛ |
|
|
|
|
(4) |
ކައުންސިލުން މާލީ ކަންކަމުގައި ލުއިދިނުން. |
|
ކައުންސިލުން ކަމެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭ ކަންތައްތައް |
ކައުންސިލުން ކަމެއް ނިންމުމުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަން ދޭންވާނެއެވެ. އަދި ކައުންސިލުން ކަންކަން ނިންމަންވާނީ، ޤާނޫނުތަކާއި ގަވާއިދުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި ރަށުގެ ތަރައްޤީގެ ޕްލޭނާއި ޤައުމީ ތަރައްޤީގެ ޕްލޭނާ ތަޢާރުޟުނުވާ ގޮތުގެ މަތީންނެވެ. |
||||
މާލީ ކަންކަން ނިންމުން |
(ހ) |
ކައުންސިލުގެ ބަޖެޓު ކަނޑައެޅުން ހިމެނޭ ގޮތުން، ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މާލީ އެންމެހައި ކަންކަމުގައި ކައުންސިލްތަކުން ޢަމަލުކުރަންވާނީ، ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އެންމެހައި ޤާނޫނުތަކާއި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި، އެ ޤާނޫނުތަކުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، ދައުލަތުގެ ފައިސާއާބެހޭ ކަންކަމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. |
|||
|
|
(ށ) |
ކައުންސިލްތަކުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި، އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން ނުވަތަ އެ ނޫންވެސް ގޮތަކުން ކައުންސިލަށް ލިބެންޖެހޭ ކުއްޔެއް، ޖޫރިމަނާއެއް ނުވަތަ އެ ނޫންވެސް އެހެން ފައިސާއެއް މާފުކުރަން ނުވަތަ ފަސްކުރަން ނުވަތަ ލުޔެއް ދިނުމަށް އެދޭނަމަ، އެކަން ކުރަންވާނީ، ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ބަޔާންކުރާ ގޮތުގެ މަތީންނެވެ. |
||
ވޯޓު ދިނުން |
(ހ) |
ކައުންސިލުން ސިއްރު ވޯޓަކުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން ކަމަށް ކައުންސިލުން ކަނޑައަޅާ ކަންކަން ފިޔަވައި، އެހެނިހެން ކަންކަން ނިންމުމުގައި ކައުންސިލުން ވޯޓުދޭނީ، އަތް އުފުލައިގެންނެވެ. |
|||
|
|
(ށ) |
ކައުންސިލުގެ ކޮންމެ މެންބަރަކަށްވެސް ދެވޭނީ، ވޯޓު ނަގާ ކޮންމެ ކަމަކަށް 1 (އެކެއް) ވޯޓެވެ. |
||
ރިޔާސަތުން ވޯޓުގައި ބައިވެރިވުން |
ކައުންސިލުން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނީ، ވޯޓު އެއްވަރުވެއްޖެ ހާލަތުގައެވެ. ނަމަވެސް، ކައުންސިލުގެ ފުލް މެޖޯރިޓީން ކަމެއް ނިންމަންޖެހޭ ހާލަތުގައި މަދުވަނީ އެއްވޯޓު ކަމަށްވާނަމަ، ރިޔާސަތުން ވޯޓުގައި ބައިވެރިވާން ވާނެއެވެ. |
||||
ވޯޓު ގުނައި ތަފުސީލު ރިކޯޑުކުރުމާއި ނަތީޖާ އިޢުލާނުކުރުން |
ވޯޓު ގުނައި، އޭގެ ތަފުސީލު ރިކޯޑު ކުރާނީ، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ ސެކްރެޓަރީ ޖެނެރަލް ކަނޑައަޅާ ކައުންސިލުގެ އިދާރާގެ މުވައްޒަފެކެވެ. އަދި ވޯޓުގެ ނަތީޖާ އިޢުލާނުކުރާނީ، ބައްދަލުވުމުގެ ރިޔާސަތުންނެވެ. |
||||
މަޞްލަޙަތު ފުށުއަރާ ހާލަތު
|
ކައުންސިލުގެ އެއްވެސް މެންބަރެއްގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ނުވަތަ ދަރިއެއްގެ ނުވަތަ މަންމަގެ ނުވަތަ ބައްޕަގެ ނުވަތަ އެއްބަނޑުއެއްބަފާ މީހެއްގެ މަޞްލަޙަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާމެދު ކައުންސިލުގައި މަޝްވަރާކުރާނަމަ، އެ މެންބަރަކު އެ ބައްދަލުވުމުގައި ބައިވެރިވެގެން ނުވާނެއެވެ. |
||||
ނިންމުންތައް ހާމަކުރުން
|
(ހ) |
ކައުންސިލުން ފާސްކުރާ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރަންވާނެއެވެ. މިގޮތަށް ހާމަނުކުރެވޭ އަމުރުތަކަކީ، ޞައްޙަ އަމުރުތަކެއް ކަމުގައި ނުބެލެވޭނެއެވެ. |
|||
|
|
(ށ) |
ކައުންސިލުން ފާސްކުރާ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރުމަށް ޓަކައި ކައުންސިލުގެ ސިއްކަޖެހުމަށްފަހު ކައުންސިލުގެ އިދާރާގެ ނޯޓިސްބޯޑުގެ އިތުރުން، ކައުންސިލުގެ ވެބްސައިޓާއި ކައުންސިލުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކުރަންވާނެއެވެ. |
||
|
|
(ނ) |
މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުގެ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތައް އާންމުކުރުމަށްފަހު، ކައުންސިލުގެ އިދާރާއިން އެކަން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ. |
||
ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން |
ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމުގެ އިންތިޒާމު ހަމަޖައްސައި ކައުންސިލުގެ މެންބަރުންނަށް ފަސޭހައިން ފެންނާނޭހެން ބެލެހެއްޓުމަކީ ކައުންސިލުގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ. |
||||
ބައްދަލުވުންތަކުގެ ޔައުމިއްޔާ |
(ހ) |
ކައުންސިލުގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، އެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްކޮށް، އެ ޔައުމިއްޔާގައި މެންބަރުން ސޮއިކުރަންވާނެއެވެ. |
|||
|
|
(ށ) |
އެ ބައްދަލުވުމެއްގައި ކައުންސިލުން ނިންމި ކަންކަމާއި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި، ބައްދަލުވުމުގައި ބައިވެރިނުވި މެންބަރުން ބައިވެރިނުވި ސަބަބާއި، ބައްދަލުވުން ބޭއްވި ތާރީޚާއި ތަނާއި ވަގުތުގެ އިތުރުން، އެ ބައްދަލުވުމުގައި ކައުންސިލަރުންގެ އިތުރުން އެހެން ފަރާތަކުން ބައިވެރިވެފައިވާނަމަ، އެކަމުގެ މަޢުލޫމާތު ވެސް ބައްދަލުވުމުގެ ޔައުމިއްޔާގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ. |
||
|
|
(ނ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކައުންސިލުގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ވޯޓު ނުދޭ މެންބަރުން، ޔައުމިއްޔާ އިޞްލާޙުކުރާނެ ގޮތެއް ފާހަގަކޮށްފައި ނުވާނަމަ ބެލެވޭނީ، ޔައުމިއްޔާ ރަނގަޅުކަމަށް ރުހޭކަމަށެވެ. |
||
ހަތަރުވަނަ ބާބު ކައުންސިލުގެ އިދާރާ |
|||||
ކައުންސިލުގެ އިދާރާ
|
ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، ކައުންސިލުގެ އިދާރީ ކަންކަން ކުރާނީ، އެކަމަށް ޓަކައި ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ޤާއިމުކުރާ އިދާރާއިންނެވެ. |
||||
ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް |
(ހ) |
ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ކައުންސިލުގެ ލަފަޔާއެކު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ، ސިވިލް ސަރވިސް ކޮމިޝަނުންނެވެ. |
|||
|
(ށ) |
ކައުންސިލުގެ އެންމެހައި އިދާރީ ކަންކަމުގައި ކައުންސިލަށް ޖަވާބުދާރީވާނީ، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލެވެ. އަދި، ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޛުކުރުމުގައި ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ އިސް ފަރާތަކީ ވެސް، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލެވެ. |
|||
ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް |
ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. |
||||
|
(ހ) |
ކައުންސިލުގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލް ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، ކައުންސިލުގެ އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން. |
|||
|
|
(ށ) |
ކައުންސިލުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލުގެ ރައީސް، ނުވަތަ ނައިބު ރައީސް ނުވަތަ ކައުންސިލް ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި ކައުންސިލަރަށް ރިޕޯޓުކޮށް ޖަވާބުދާރީވުން. |
||
|
|
(ނ) |
ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޛުކުރުން. |
||
|
|
(ރ) |
ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތައް ކައުންސިލުގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުން. |
||
|
|
(ބ) |
ކައުންސިލުގެ މަސައްކަތްތަކާއި ހަރަކާތްތަކާއި އިންސާނީ ވަސީލަތްތަކާ ގުޅޭގޮތުން ކައުންސިލުގެ ރައީސަށް ނުވަތަ ކައުންސިލަށް ލަފާދިނުން. |
||
|
|
(ޅ) |
ކައުންސިލުން ކުރާ މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި، ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން. |
||
|
|
(ކ) |
ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓުތަކާއި ރިޕޯޓުތައް ތައްޔާރުކުރުމާއި، ކައުންސިލުން ނިންމާ ގޮތެއްގެ މަތީން ތަންފީޛުކުރުން. |
||
|
|
(އ) |
ކައުންސިލުގެ މަސައްކަތްތައް ތަރައްޤީކޮށް ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ދިރާސާތައްކޮށް، އޭގެ އަލީގައި ކައުންސިލުގެ ޚިދުމަތްތަކާއި މަސައްކަތްތައް ތަރައްޤީކުރުމަށް ކައުންސިލުގެ ރައީސަށް ލަފާދިނުން. |
||
|
|
(ވ) |
ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ބޭނުމަށް، ކައުންސިލުގެ ރައީސްގެ ލަފާގެ މަތީން، ކައުންސިލުގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން. |
||
|
|
(މ) |
ކައުންސިލުގެ ޖަލްސާތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ޓަކައި ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ބައިވެރިވުން. |
||
|
|
(ފ) |
ކައުންސިލުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ވަސީލަތްތަކާއި އެހީތެރިކަމާއި ލަފައާއި މަޝްވަރާ ފޯރުކޮށްދެވޭކަން ކަށަވަރުކުރުން. |
||
|
|
(ދ) |
ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ސިވިލް ސަރވިސް ކޮމިޝަނުން ހަވާލުކުރާ މަސައްކަތްތައްކުރުން. |
||
|
|
(ތ) |
ކައުންސިލުގެ މަސައްކަތާ ގުޅޭގޮތުން ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް އަންގާ އެހެނިހެން ކަންތައްތައްކުރުން. |
||
މީޑިއާއަށް މަޢުލޫމާތު ދިނުން |
ކައުންސިލުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދޭނީ، ކައުންސިލުގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެ މަސައްކަތާ ހަވާލުވެތިބި އިސް މުވައްޒަފުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ މުވައްޒަފުން ނުވަތަ މުވައްޒަފެކެވެ. |
||||
ފަސްވަނަ ބާބު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ އޮންނަ ގުޅުން |
|||||
ކައުންސިލުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އެހީތެރިކަން ފޯރުކޮށްދިނުން |
ކައުންސިލުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެހީތެރިވުމުގެ ގޮތުން އަންނަނިވި ކަންކަން ކުރަންވާނެއެވެ. |
||||
|
(ހ) |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މަސައްކަތްކުރެވޭނެ ވެށްޓެއް ޤާއިމުކޮށްދިނުން. |
|||
|
|
(ށ) |
ރަށު ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި މަސައްކަތު ތާވަލާއި ލޭންޑް ޔޫޒް ޕްލޭން އެކުލަވައިލުމާއި ތަންފީޛުކުރުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުމާއި ލަފަޔާއި މަޝްވަރާ ހޯދުން. |
||
|
|
(ނ) |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބަލައި، ކޮމެޓީގެ ހަރަކާތްތަކާއި މަސައްކަތްތައް ރަނގަޅުކޮށް ހަރުދަނާކުރުމުގައި ލަފަޔާއި މަޝްވަރާ ދިނުން. |
||
|
|
(ރ) |
މަދުވެގެން މަހަކު 1 (އެކެއް) ފަހަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބައްދަލުކުރުން. އަދި ކައުންސިލާއެކު އިތުރު ބައްދަލުވުމަކަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެދިއްޖެނަމަ، ކޮމެޓީއާއެކު ބައްދަލުކުރުން. |
||
|
|
(ބ) |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހަރަކާތްތަކާއި މަސައްކަތްތައް ވިލަރެސްކުރުން. |
||
|
|
(ޅ) |
ކައުންސިލުތަކުން އާންމުކޮށް ހާމަކުރާ ރިޕޯޓުތަކާއި މަޢުލޫމާތު ދިނުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުން ހޯދުން. |
||
|
|
(ކ) |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ހިންގުމަށް ކަނޑައަޅާ ހަރަކާތްތައް ރަށު ތަރައްޤީގެ ޕްލޭނުގައި ހިމެނުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތު ތާވަލާއި ބަޖެޓު އެކުލަވައިލުމުގައި ކޮމިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުން. |
||
|
|
(އ) |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބޭނުންވާ އިދާރީ ޤާބިލުކަމާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށް ޓަކައި ދޭންޖެހޭ ތަމްރީނުތަކާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުން. |
||
|
|
(ވ) |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަރަކާތްތަކާއި މަސައްކަތްތަކަށް ބޭނުންވާ އެންމެހައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. |
||
|
|
(މ) |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މަސްއޫލިއްޔަތުގެ ދާއިރާއިން ކައުންސިލުގެ އެހީތެރިކަމަށް ކޮމެޓީން އެދިއްޖެނަމަ، ކޮމެޓީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. |
||
ހަވަނަ ބާބު ސަރުކާރާއި ކައުންސިލާ އޮންނަ ގުޅުން |
|||||
ޤައުމީ އިދާރާއާ އޮންނަ ގުޅުން |
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 9 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މުއައްސަސާތަކުން އިދާރީ ދާއިރާތަކުގައި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށް ޓަކައި ހިންގާ ހަރަކާތްތަކުގައި އެ މުއައްސަސާއަކުން ބޭނުންވާ އެއްބާރުލުމެއް ކައުންސިލުން ދޭންވާނެއެވެ. |
||||
ހަތްވަނަ ބާބު އެހެނިހެން ކަންކަން |
|||||
ގަވާއިދަށް އިޞްލާޙު ގެނައުން |
(ހ) |
މި ގަވާއިދަށް ނުވަތަ ގަވާއިދުގެ އެއްވެސް މާއްދާއަކަށް އިޞްލާޙެއް ނުވަތަ ބަދަލެއް ގެނެވޭނީ، އެ އިޞްލާޙެއް ނުވަތަ ބަދަލެއް ގެނައުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާ ހޯދުމަށްފަހު، ގަވާއިދަށް އެ އިޞްލާޙެއް ނުވަތަ ބަދަލެއް ގެނައުމަށް ކައުންސިލުގެ ބައްދަލުވުގައި ފާސްކޮށް، ސަރުކާރުގައި ގެޒެޓުގައި ޝާއިޢުކުރުމުންނެވެ. |
|||
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މި ގަވާއިދަށް ގެނެވޭ އިޞްލާޙުތައް، ކައުންސިލުގެ އިދާރާގެ ނޯޓިސްބޯޑާއި ކައުންސިލުގެ ރަސްމީ ވެބްސައިޓާއި، ކައުންސިލުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކުރަން ވާނެއެވެ. |
||
ގަވާއިދުގައި ނެތްކަމެއް ދިމާވުން
|
މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއްގައި ޢަމަލުކުރާނެ ގޮތެއް ނިންމާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތީން ކައުންސިލުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. |
||||
އިޖުރާއީ ގަވާއިދާ ފުށުއެރުން |
މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް، ގަވާއިދު ނަންބަރު 2021/R-143 (ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދު) އާ ފުށުއަރައިފިނަމަ އިސްކަންދެވޭނީ، ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދަށެވެ. |
||||
މާނަކުރުން |
މި ގަވާއިދުގައި ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ. އަދި މި ގަވާއިދުގައި މުފްރަދު މާނަ ދޭހަވާގޮތަށް ބޭނުންކޮށްފައިވާ މާނައިގައި ޖަމްޢުކޮށް ބޭނުންކުރާ މާނަ ވެސް ހިމެނިގެންވެއެވެ. |
||||
|
|
(ހ) |
"ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކޮށްފައިވާ މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލަށެވެ. |
||
|
|
(ށ) |
"ކައުންސިލަރުން" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކޮށްފައިވާ މާޅޮސްސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލުގެ މެންބަރުންނަށެވެ. |
||
|
|
(ނ) |
"ސެކްރެޓަރީ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލުގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ފަރާތެއް ނުވަތަ އެ މަޤާމުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ހަވާލުވެހުރި މުވައްޒަފަށެވެ. |
||
|
|
(ރ) |
"ޤައުމީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މިނިސްޓްރީތަކާއި، އޮފީސްތަކާއި، އެ ތަންތަނުގެ ސީދާ ބެލުމުގެ ދަށުން ހިންގާ އިދާރާތަކާއި، ޤާނޫނުއަސާސީގެ ދަށުން އުފައްދައި ހިންގަމުންދާ ދައުލަތުގެ މިނިވަން މުސްތަޤިއްލު މުއައްސަސާތަކަށެވެ. |
||
_____________________
ޖަދުވަލް 1
ސަލާމުގެ/ޢާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު
ކައުންސިލަރު ފުރިހަމަ ކުރަންޖެހޭ ބައި |
|||||
ދުވަސް: 1 (އެކެއް) |
ދުވަސް: 2 (ދޭއް) |
||||
ތާރީޚު: |
އެންގި ގަޑި: |
ތާރީޚު: |
އެންގި ގަޑި: |
||
ސަބަބު: |
ސަބަބު: |
||||
2 ދުވަހަށްވުރެ އިތުރު ވާނަމަ ތަފުސީލު ލިޔަން: |
ތާރީޚު: |
އެންގި ގަޑި: |
|||
ސަބަބު: |
|||||
ކައުންސިލަރުގެ ނަން: |
ކައުންސިލަރުގެ އިޤުރާރު: މަތީގައި އެވަނީ އަހުރެންނާބެހޭ ތެދު މަޢުލޫމާތެވެ. އަދި އެ މަޢުލޫމާތަކީ އެއްވެސް މަޖުބޫރުކަމެއް ނެތި އަހުރެން ދީފައިވާ މަޢުލޫމާތެވެ. ސަލާމުގެ ޗުއްޓީގައި އަހުރެން ހުރީ އަހުރެން ބަލިވެގެން ނޫން ކަމަށް ވެއްޖެ ނަމަ، އަހުރެންގެ މައްޗަށް އިޞްލާޙީ ފިޔަވަޅު އެޅޭނެ ކަން އަހުރެން ޤަބޫލުކުރަމެވެ. |
||||
އެޑްރެސް: |
|||||
މަޤާމު: |
|||||
ސޮއި: |
|||||
|
|||||
ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ ހަވާލުވެހުރި ކައުންސިލަރު ފުރިހަމަ ކުރަންޖެހޭ ބައި |
|||||
ދުވަސް 1 (އެކެއް) |
ދުވަސް 2 (ދޭއް) |
||||
އެންގި ތާރީޚު: |
އެންގި ގަޑި: |
އެންގި ތާރީޚު: |
އެންގި ގަޑި: |
||
ކައުންސިލަރުގެ ނަން: |
ކައުންސިލަރުގެ ސޮއި: |
ތާރީޚު: |
|||
މަޤާމު: |
|||||
|
|||||
ހާޒިރީ ބަލަހައްޓާ މުވައްޒަފު ފުރިހަމަކުރަންޖެހޭ ބައި |
|||||
އިދާރާއަށް ފޯމު ބަލައިގަތް: |
|||||
މުވައްޒަފުގެ ނަން: |
|||||
މަޤާމު: |
ގަޑި: |